ރާއްޖޭގެ މަޝްހޫރު ރެޕް އާޓިސްޓް މުޙައްމަދު ނަބީލް ނިޔާޒް (ޓޯއީ) ކައިވެނި ކޮށްފިއެވެ. ޓޯއީ ކައިވެނި ކައިވެނިކުރީ މިމަހު 12 ވަނަ ދުވަހުގެ ވަގުތެއްގައެވެ.
ރެޕްގެ ދިވެހި ލަޝްކަރަށް އުފަންވެގެން، ދިވެހިންގެ ގިނަ ބަޔެއްގެ ހިތްތައް ”ހައިހައި“ ކިޔަމުން ދިވެހިންގެ ހިތްތައް އަތުލި ޓޯއީ ކައިވެނިކުރީ އއ. މަތިވެރިއަށް ނިސްބަތްވާ ކުއްޖަކާއެވެ. އޭނާ ކައިވެނި ކޮށްފައިވާ ކަން ސިމްބޮލިކް ރިކޯޑްސް އިން ވަނީ ހާމަ ކޮށްފައެވެ.
ހދ. ނޭކުރެންދޫ އަށް އުފަން ޓޯއީ އަކީ ސިމްބޮލިކް ރިކޯޑްސްގެ އާޓިސްޓެއްގެ އިތުރުން ވީޑިއޯ ޕްރޮޑަކްޝަންގެ ހެޑެވެ.
ޓޯއީ ކިޔާފައިވާ ރެޕްތަކުގެ ޅެންތަކަކީ ހިތުގައި ”ވާނަން އުމުރަށް“ ބުނެލެވޭ ވަރުގެ ފެންވަރުގެ ގޮތުން ރަނގަޅު ޅެންތަކެކެވެ. އެހެންކަމުން ޓޯއީ އަކީ ރެޕްގެ ދާއިރާއަށް ”ޓްރޫ އާރޓިސްޓް“ އެކޭ ބުނެވޭ ފަދަ ހުނަރުވެރި އާޓިސްޓެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




