މުނިއަވަސް ކްލަބްހައުސް އިން ކޮންމެ އަންގާރަ ދުވަހެއްގެ ރޭ 10:30ގައި ގެނެސްދޭ ”ޑްރާމާ ބާޒީ“ގެ މި ހަފުތާގެ އެޕިސޯޑްގައި ވެޓަރަން އެކްޓަރ މޫސާ މަނިކް (ރީކޯ މޫސަ) ބައިވެރިވެއްޖެއެވެ. މި އެޕިސޯޑްގަައި މޫސަ ބައިވެރިވެ ގަޑިއެއްހައި އިރު ހޭދަކޮށްފައިވެއެވެ.
ރޭގެ ޕްރޮގްރާމުގައި މުނިއަވަސްގެ ”ޑްރާމާ ބާޒީ“ ޕްރޮގްރާމުގައި އާއްމުކޮށް ބައިވެރިވާ ބައެއް ފަރާތްތަކާއި މުނިއަވަސް ޓީމުގެ ބައެއް މެންބަރުންނާ އެކުގައި ވަގުތުން ޑްރާމާއެއްގެ ތަންކޮޅެއް މޫސަ ކުޅެފައި ކުޅެފައިވެއެވެ. ރޭގެ ޕްރޮގްރާމުގައިވެސް މޫސަ ވަނީ ހެއްވާ މަޖާ ގިނަ ވާހަކަތެއް ދައްކާފައެވެ. އެގޮތުން މޫސަގެ ފިލްމީ ހަޔާތުގައި ސަޕޯޓަރުންގެ ފަރާތުން ދިމާވެފައި ހުރި ބައެއް ކަންކަންވެސް ހިއްސާކޮށްފައިވެއެވެ.
މި ހަފުތާގެ އާދީއްތަ ދުވަހުން ފެށިގެން މުނިއަވަސްގެ ހުރިހައި ޕްރޮޮގްރާމެއްގައި ހެން މޫސަ ބައިވެރިވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ލަވަ ރިކްއެސްޓް ޕްރޮގްރާމު ”ޕްލޭލިސްޓް – ހަމަ އެރާގު“ ޕްރޮގްރާމާއި ކޮންމެ ބުދަ ދުވަހެއްގެ މެންދުރުފަހު ގެނެސްދޭ ”ވާހަކައިން ވާހަކަ“ ޕްރޮގްރާމުގެ މިއަދުގެ އެޕިސޯޑްގައިވެސް މޫސަ ބައިވެފައިވެއެވެ.
މުނިއަވަސް އަކީ މުނިއަވަސްފިލުވުމަށް ރަނގަޅު އޮޅިއެއް ކަމަށާ މޫސައަށް ވެސް މިހާރު ކްލަބްހައުސް އަށް ވަދެވެން ފެށިގެން މި އުޅެނީ މުނިއަވަސްއަށް ވަންނަން ފެށުމުން ކަމަށްވެސް ”ޑްރާމާ ބާޒީ“ ޕްރޮގްރާމުގައި ވާހަކަދައްކަމުން މޫސަ ފާހަގަކޮށްފައި ވެއެވެ.
”ޑްރާމާ ބާޒީ“ގައި މޫސަ ބައިވެރިވި އެޕިސޯޑް:-
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




