ކަޒްމިކް އިންޓަނޭޝަނަލް އިން އުފައްދައި ގެނެސްދޭ ކްރައިމް ތުރިލާ ވެބް ސީރީޒް “ދަރަކަ” ގެ ޓީޒަރ ޓްރެއިލަރ މިރޭ އާއްމުކޮށްފިއެވެ.
ޝޫޓިންގ ނިންމާލާފައިވާ މި ސީރީޒަކީ ޑައިރެކްޝަނަށް މުޅިން އަލަށް ނުކުތް އަޒްހާން އިބްރާހީމް ޑައިރެކްޓްކޮށްފައިވާ 08 އެޕިސޯޑްގެ ސީރީޒެކެވެ. އޭގެ އިތުރުން ސީރީޒް ލިޔެފައިވަނީވެސް އަޒްހާން ކަން ފާހަގަކޮށްލެވެއެވެ.
މި ސީރީޒްގައި ހަރަކާތްތެރިވާ ކާސްޓުންގެ މަޢުލޫމާތު ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މިރޭ ރިލީޒްކޮށްފައިވާ ޓީޒާރ ޓްރެއިލާރ އިން މަޝްހޫރު މޫނުތަކެއް ފެނިގެންދެއެވެ. އޭގެ ތެރޭގައި އިބްރާހީމް ޖިހާދު (ޖިމީ)، އިފްނާޒް ފިރާޤް، ވާޝިޔާ، ޢާއިޝަތު ޢަލީ، ދޮނާ، އަފްރާހް،ގެ އިތުރުން ވަރަށް ފާހަގަކޮށްލެވޭ ރޯލަކުން ސޫޒަން ފެނިގެންދެއެވެ. ވެބް ސީރީޒް “ގަމިނި” އިން ބެލުންތެރިން ހަައިރާންކޮށްލި ސޫޒަން މި ސީރީޒްގައި ފެންނާނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ރޯލުންކަން ޓީޒާރ އިން ފެންނަ މަޖިލިސް ތަޅުމުގެ މަންޒަރަކުން އެނގިގެންދެއެވެ. ސޫޒަން އަކީ މިހާރު ފިލްމީ މަސައްކަތްތަކުން ފެންނަން ފަށާފައިވިޔަސް ވަރުގަދަ ސިޔާސީ ހަރަކާތްތެރިއެކެވެ. އެހެންކަމުން މި ސީރީޒްގައި ސޫޒަންގެ ރޯލު ވަރަށް ފުރިހަމައަށް ދައްކާލާނެ ކަމަށް ޤަބޫލުކުރެވެއެވެ.
View this post on Instagram
މުނިފޫހިފިލުވުމުގެ ދާއިރާއިން އާ ހުނަރުވެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން އުފެއްދި ކަޒްމިކް އިންޓަނޭޝަނަލްއިން މީގެ ކުރިން ވަނީ އައި ފިލްމްސްއާއި ގުޅިގެން ”މަޒްލޫމް“ ގެ ނަމުގައި އެންތޮލޮޖީ ސީރީޒެއްވެސް ގެނެސްދީފައެވެ. އެ ސީރީޒްގެ 3 ބައި ގެނެސްދީފައިވާއިރު، އެއިންވެސް ވަނީ އާ ފަންނާނުންތަކެއް ތަޢާރަފުކޮށްފައެވެ.
މިހާރު ސީރީޒް ސްޓްރީމް ކުރާނެ ފަރާތެއް ހޯދަމުން ދާކަމަށް އާސިމް ބުނެފައިވާއިރު، ސްޓްރީމް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 7775677 މި ނަންބަރާއި ގުޅައިގެން ކުރިއަށް ގެންދިޔުމަށްވެސް އާސިމް ވަނީ ބުނެފައެވެ. އޭގެ އިތުރުން ސީރީޒް އުފެއްދުމުގައި ކުޅަދާނަ ޑައިރެކްޓަރު އިލްޔާސް ވަޙީދު (އިއްލެ) އާއި އައި ފިލްމްސްއިން ދެއްވި އެހީތެރިކަން ފާހަގަކޮށް އާސިމް ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!