ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ލަތާ މަންގޭޝްކަރު އައިސީޔޫގައި

ބޮލީވުޑުގެ ވެޓެރަން ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރު ކޮވިޑް-19ގެ އިތުރުން، ނިއުމޯނިއާއަށް ފަރުވާދިނުމަށް އައިސީޔޫގައި އެޑްމިޓްކޮށްފައި ވާކަމަށް މީޑިއާ ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

ލަތާ އާއި ބޭބެއިންގެ ދަރި ކުއްޖެއްކަމަށްވާ ރަޗްނާ އާއި ހަވާލާދީ އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފައިވަނީ އުމުރުން 92 އަހަރުގެ ލަވަކިޔުންތެރިޔާ ލަތާއަށް ފަރުވާދިނުމަށް އައިސީޔޫއަށް ލާފައިވިޔަސް، އޭނާގެ ފަރާތުން ކޮވިޑް-19ގެ މާ ބޮޑު އަލާމާތްތަކެއް ނުފެނެއެވެ.

“ދައްތަގެ ހާލު ރަނގަޅު ނަމަވެސް އައިސީޔޫގައި ފަރުވާދެމުން ދަނީ އޭނާގެ އުމުރުގެ ދޮށިކަމާހުރެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން.” ރަޗްނާ އިތުރަށް ބުންޏެވެ.

“ދައްތަގެ ފޭނުންގެ ކިބައިން އެދޭ ހެޔޮ ދުޢާކޮށްދިނުމަށް. އަހަރުމެންގެ ޕްރައިވެސީއަށް އިހްތިރާމުކޮށް، ތިބާމެންގެ ދުޢާގައި ދައްތަ ޝާމިލުކޮށްދީ.” ރަޗްނާ އެދިފައިވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ލަތާ އެނދުމަތި ކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު މުމްބާއީގެ ބްރީޗް ކޭންޑީ ހޮސްޕިޓަލުގައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top