މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސްގެ މިއަހަރުގެ ފުރަތަމަ އާއްމު އަހަރީ ޖަލްސާ 16 ފެބުރުވަރީ 2022 ގައި ބާއްވަން ނިންމައިފި އެވެ.
އަހަރީ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ ކަންތައް ތަކުގެ ތެރޭގައި، މިދި 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޔޫނިއަންގެ ނައިބު ރައީސްގެ މަގާމުން މުހައްމަދު މަހުރާން މާޖިދު އިސްތިއުފާ ދެއްވުމާއި ގުޅިގެން ހުސްވެފައިވާ މަގާމަށް އާ މެމްބަރަކު އިންތިހާބު ކުރުން ހިމެނެއެވެ. އަދި އަލަށް އުފައްދާފައިވާ ޕަބްލިކް ރިލޭޝަންސް ޑައިރެކްޓަރ ގެ މަގާމަށް މެމްބަރަކު އިންތިހާބު ކުރުން ހިމެނެއެވެ.
މި މަގާމު އުފެދުމާއި ގުޅިގެން ސްޕޯކްސް ޕަރސަންގެ މަގާމާއި އިވެންޓްސް ކޯޑިނޭޓަރގެ މަގާމު ބާތިލުވެ، އެ މަގާމުތަކުގެ ޒިންމާތައް އަލަށް އުފެއްދުނު މަގާމަށް ބަދަލުކުރެވިގެން ދާނެ ކަމަށް މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް އިން މަޢުލޫމާތުދެ އެވެ. މި ދެމަގާމު އެއްކުރުމަށް ހިންގާ ކޮމެޓީން ނިންމާފައިވަނީ މެމްބަރުންގެ ތާއީދާއި އެކު، ހިންގާކޮމެޓީގެ މެމްބަރުންގެ އަދަދު މަދުވުމުން ކޮމިޓީގެ ހިންގުންތެރިކަން އިތުރަށް ހަރުދަނާ ކުރެވިގެންދާނެތީ ކަމަށްވެސް ބުނެ އެވެ. މީގެ އިތުރުން، އެސޯސިއޭޓް އޮފިސަރގެ މަގާމުވެސް މިހާރު އުވާލެވިފައި ވާކަންވެސް ފާހަގަކުރެއެވެ.
ހުސްވެފައިވާ ޔޫނިއަންގެ އެގްޒެކެޓިވް ކޮމިޓީގެ ނައިބު ރައީސް އަދި ޕަބްލިކް ރިލޭޝަންސް ޑައިރެކްޓަރގެ މަގާމަށް ނަން ހުށަހަޅަން ބޭނުންވާ މެމްބަރުންނަށް، އެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ. މީގެ އިތުރުން، ޖަލްސާގެ އެޖެންޑާއަށް އިތުރުކުރަން ބޭނުންވާ އެއްވެސް ކަމެއް ވާނަމަ، އެކަން ހުށަހެޅުމަށްވެސް ވަނީ ހުޅުވާލެވިފައެވެ. މިދެންނެވި ހުށަހެޅުންތައް ހުށަހަޅަން ބޭނުންވާ މެމްބަރުން [email protected] އީމެއިލްއަށް، 1 ފެބްރުވަރީ 2022 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ހުށަހެޅިދާނެ ކަމަށް މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް އިން ބުނެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




