ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އަދިތިޔާއާއި ޝުވެތާއަށް ދަރިއަކު ލިބެނީ

މަޝްހޫރު ލަވަކިޔުންތެރިޔާ އުދިތު ނާރަޔަންގެ ދަރިފުޅު އަދި ޒުވާން ލަވަކިޔުންތެރިޔާ އަދިތިޔާ ނާރަޔަންއާއި އޭނާގެ އަންހެނުން ޝުވެތާ އަގަރްވާލް އަށް ދަރިއަކު ލިބޭކަން އިޢުލާނުކޮށްފި އެވެ. އެމީހުން އެކަން އިޢުލާނުކުރީ އެމީހުންގެ މީސްމީޑިއާ މަންސައެއްގައި އިއްޔެގެ ވަގުތެއްގައެވެ.

އަދިތިޔާ ނާރަޔަންގެ ރަސްމީ އިންސްޓަގްރާމު މެދުވެރިކޮށް މާބަނޑުވެފައިވާ ޝްވެތާ އާއި އެކުގައި އަދިތިޔާ ނަގާފައިވާ ފޮޓޯތައް އާއްމުކޮށްފައިވެއެވެ. މި ޕޯސްޓު ހިއްސާކޮށް އަދިތިޔާ ބުނެފައިވަނީ ވަރަށް އަވަހަށް އެމީހުންނަށް ދަރިއަކު ލިބޭނެ ކަމަށާއި އެ ޚަބަރު އެންމެންނާއި ހިއްސާ ކުރަނީ ވަރަށް އުފަލުން ކަމަށެވެ.

އާއްމުކޮށްފައިވާ ފޮޓޯތަކުގައި ޝްވެތާ ލައިގެން އިނީ ކްރޮޕް ޓޮޕެކެވެ. ކުރުކުރު ކްރޮޕް ޓޮޕް ލާފައި އިންއިރު، ޝްވެތާގެ ބޮޑުވެފައިވާ ބަނޑު ފެންނަން ހުރެއެވެ. ސޯފާއެއްގައި އަދިތިޔާ އިނީ ތަޅުން މަތީގައި އިން ޝްވެތާގެ ގައިގާ ބައްދާލައިގެންނެވެ.

“އަހަރެންގެ ކިއުޓީ ޕައިގެ ފަރާތުން އެހެން ކިއުޓީ ޕައިއެއް ލިބެން އެބައުޅޭ. އިންތިޒާރު މިކުރަނީ ކެތްތެރިކަމެއް ނެތި.” ފޮޓޯ ހިއްސާކުރަމުން އަދިތިޔާ މިހެންވެސް ލިޔެލާފައި ވެއެވެ.

އަދިތިޔާ އަކީ ލަވަކިޔުމުގެ އިތުރުން ”އިންޑިއަން އައިޑަލް”، ”ސަރެގަމަޕާ ލިލް ޗެމްޕްސް” ފަދަ މަޝްހޫރު ޝޯތައްވެސް ހުށަހަޅާދީފައިވާ ފަންނާނެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top