“ކަބީ އީދު ކަބީ ދިވާލީ”ގެ ނަމުގައި ސަލްމާން ޚާން އައު ފިލްމެއް ހަދަން އުޅޭކަން އިޢުލާނުކުރީ 2020 ވަނަ އަހަރު ކުރީކޮޅުގައެވެ. ސާޖިދު ނާޑިއާވާލާ އާއި ގުޅިގެން އުފައްދާ މި ފިލްމަކީ “ކަބީ އީދު ކަބީ ދިވާލީ” ކަމަށް އިޢުލާނުކުރި އެވެ. އޭގެ ފަހުން މި ފިލްމުގެ ނަން ބަދަލުކުރަންް އުޅޭކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނަން ފެށިއެވެ. ނަމަވެސް، މި ފިލްމުގެ ޝޫޓިން މި އަހަރު މާރިޗް މަހު ފަށަން ތައްޔާރުވެފައިވާ ކަމަށް މިހާރު މިވަނީ އިޢުލާނުކޮށްފައެވެ.
“ކަބީ އީދު ކަބީ ދިވާލީ” ޑައިރެކްޓްކުރާނީ ފަރްހާދު ސަމްޖީ އެވެ. މީގެ ލީޑް ތަރިންނަކީ ސަލްމާން ޚާން އަދި ޕޫޖާ ހޭގްޅޭ އެވެ. މި ފިލްމު ރިލީޒްކުރަން އެންމެ ފުރަތަމަ ނިންމީ 2021 ވަނަ އަހަރުގެ ޢީދާ ދިމާކޮށެވެ. ނަމަވެސް ކޮރޯނާ ވައިރަސް ފެތުރެން ފެށުމާއެކު ފިލްމުގެ މަސައްކަތްތައް މަޑުޖައްސައިލަން ޖެހުނެވެ.
ފިލްމުގެ ލީޑްތަރިން ހަމަޖެހިފައި ވިޔަސް، އިތުރަށް ހިމަނާނެ ތަރިން ފައިނަލްކޮށްފައި ނުވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ފިލްމުގެ ހުރިހައި ތަރިންގެ ނަންތައް އަންނަ ފެބުރުއަރީ މަހު އިޢުލާނު ކުރުމަށް ނިންމާފައިވެއެވެ.
ސަލްމާން އާއި ސާޖިދު ގުޅިގެން އެންމެ ފަހުން އުފައްދާފައިވަނީ 2014 ގައި ރިލީޒްކުރި “ކިކް” އެވެ. މި ފިލްމަކީ ޑައިރެކްޓަރެއްގެ ގޮތުގައި ސާޖިދު އުފެއްދި ފުރަތަމަ ފިލްމު ވެސް މެއެވެ. ފިލްމު ބޮކްސް އޮފީހުގައި ރަނގަޅު ކާމިޔާބެއް ހޯދި އެވެ.
މިވަގުތު ސަލްމާން ޚާން ވަދިކޮށް އުޅެމުންދަނީ ޔަޝް ރާޖް ފިލްމްސްގެ ފްރެންޗައިޒް ފިލްމު “ޓައިގަރ 3″ގެ ޝޫޓިންގައެވެ. މި ފިލްމުގައި ސަލްމާން އާއެކު ކެޓްރީ ކައިފްގެ އިތުރުން އިމްރާން ޙާޝްމީވެސް ހަރަކާތްތެރިވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!
ޕޫޖާ ހެޖެއް ނޫން…. ޕޫޖާ ހެގްޅޭ