ބޮލީވުޑްގެ އެންމެ ކުޅަދާނަ ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ސަންޖޭ ލީލާ ބަންސާލީގެ ބޮޑު ފިލްމު “ގަންގޫބާއީ ކަތިއާވާޅީ” ރިލީޒްކުރުން 25 ފެބްރުއަރީ 2022 އަށް ތާވަލުކޮށްފިއެވެ.
އާލިއާ ބަޓް ލީޑް ރޯލު ކުޅެފައިވާ މި ބައޮގްރަފިކަލް ކްރައިމް ޑްރާމާއަކީ “ގަންގޫބާއީ ކަތިއާވާޅީ” ރިލީޒްކުރުން ފަސްކުރުމުން ގޮސް މިއަދު މިވަނީ ‘ބަންސާލީ ޕްރޮޑަކްޝަންސް’ގެ އިންސްޓަގްރާމް މެދުވެރިކޮށް ފައިނަލް ތާރީޚެއް އިޢުލާނުކޮށްފައެވެ. މިގޮތުން ފިލްމުގެ ޕޯސްޓަރަކާއެކު ފިލްމު ރިލީޒްކުރާނެ ތާރީޚް ހާމަކުރަމުން ބަންސާލީ ޕްރޮޑަކްޝަންސް އިން ބުނެފައިވަނީ 25 ފެބްރުއަރީ 2022ގައި ގަންގޫބާއީގެ ވެރިކަން ސިނަމާތަކުން ބަލައިލުމަށް ތައްޔާރަށް ތިބުމަށެވެ.
View this post on Instagram
މި ފިލްމު ރިލީޒްކުރަން އެންމެ ފުރަތަމަ ނިންމާފައިވަނީ މި މަހު 06 ގައެވެ. އޭގެ ފަހުން މި އަހަރު ފެބްރުއަރީ 22ގައި ރިލީޒްކުރަން ވެސް ނިންމިއެވެ. ނަމަވެސް ފިލްމު ރިލީޒްކުރާ ދުވަހުގެ އެއްދުވަސް ފަހުން އާލިއާ ބަޓް ލީޑް ރޯލު ކުޅެފައިވާ އެސް. އެސް ރާޖަމޯލީގެ ތެލުގޫ ފިލްމު ”އާރްއާރްއާރް“ ރިލީޒްކުރާތީ ފިލްމުގެ ވިޔަފާރިއަށް ވަރަށް ބޮޑަށް އަސަރު ކުރާނެކަމަށް ޤަބޫލު ކުރެވޭތީއާ ކޮވިޑްގެ ސަބަބުން ފިލްމު ރިލީޒްކުރުން ފަސްކުރީކަމަށް ޚަބަރުތައް ބުނެއެވެ.
ހުސައިން ޒައިދީ ލިޔެފައިވާ ”މާފިއާ ކުއީންސް އޮފް މުމްބާއީ“ ގައި ހިމެނޭ ޙަޤީޤީ ހާދިސާއެއް ކިޔައިދޭ މި ފިލްމުގައި އާލިއާގެ އިތުރުން މައިގަނޑު ރޯލުތަކުން ފެނިގެންދާ ތަރިންގެ ތެރޭގައި ޝާންތަނޫ މަހޭޝްވަރީއާއި ވިޖޭ ރާޒްއާއި އިންދިރާ ތިވާރީއާއި ސީމާ ޕެހެވާއާއި އަޖޭ ދޭވްގަންއާއި އިމްރާން ހާޝިމީ ހިމެނެއެވެ. މިއީ 1999 ގެ ”ހަމް ދިލް ދޭ ޗުކޭ ސަނަމް“ އަށްފަހު އަޖޭ، ބަންސާލީ ޑައިރެކްޓްކުރި ފިލްމަކަށް ކުޅުނު ފުރަތަމަ ފިލްމުކަން ފާހަގަކޮށްލެވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!