ހިތްގައިމު އެކްޓްރެސް އާލިއާ ބަޓް ލީޑުން ފެނިގެންދާ “ގަންގޫބާއީ ކަތިއާވާޅީ” އަކީ މި އަހަރު އެންމެ ބޮޑަށް އިންތިޒާރުކުރެވޭނެ ބޮލީވުޑްގެ އެއް ފިލްމެވެ. ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓްކޮށްފައިވާ މި ފިލްމު ސިނަމާތަކާއި ހަމައަށް ގެނައުމަށް މިވަނީ ކޮވިޑް-19ގެ ހިޔަނި އެޅި ލަސްތަކެއް ވެފައެވެ.
އެކި ފަހަރު މަތިން ރީޝެޑިއުލްކޮށްފައިވާ ”ގަންގޫބާއީ ކަތިއާވާޅީ“ ރިލީޒްކުރުން މިހާރު ވަނީ 25 ފެބްރުއަރީ 2022 އަށް ތާވަލުކޮށްފައެވެ. މިކަން އިޢުލާނުކޮށްފައިވަނީ މިދިޔަ މަހު 28 ވަނަ ދުވަހުއެވެ.
ފިލްމު ރިލީޒްކުރާނެ ތާރީޚު އިޢުލާނުކުރުމަށްފަހު، ފިލްމުގެ ޓްރެއިލަރ ނެރޭނެ ތާރީޚުވެސް މިހާރު މިވަނީ އިއުލާނުކޮށްފައެވެ. ބަންސާލީ ޕްރޮޑަކްޝަންސްގެ އިންސްޓަގްރާމަށް ފިލްމުގެ އައު ޕޯސްޓަރެއް ލަމުން ޓްރެއިލަރ ރިލީޒްކުރާނެ ތާރީޚު އިޢުލާނުކޮށްފައިވެއެވެ.
“ގަންގޫ އަންނަނީ؟؟؟؟ ޓްރެއިލަރ ނެރޭނެ ފެބްރުއަރީ 04ގަ. ”ގަންގޫބާއީ ކަތިއާވާޅީ“ ސިނަމާތަކަށް އަންނާނީ 25 ފެބްރުއަރީ 2022 ގަ.” ފިލްމުގެ އައު ޕޯސްޓަރު އާއްމުކުރަމުން ބުނެފައިވެއެވެ.
View this post on Instagram
މި ޕޯސްޓަރުގައި ގަންގޫބައީގެ ގޮތުގައި އާލިއާ ބަޓް ފެނިގެންދަނީ އެނދެއްގައި އިށީންދެގެން އިންނަ ތަނެވެ. ހުދު ހެދުމެއް ލައިގެން އޭނާ އިންނަ ގޮތުން، މޫނުމަތިން ފެންނަނީ ބިރެއް، ޖެހިލުންވުމެއް ނެތް ފިސާރި ގޮތުގައި އިންނަ މީހެއްގެ ގޮތަށެވެ. މި ފޮޓޯއަށް ހަރޓް އިމޯޖީތަކަކާއި ކްލެޕް ހޭންޑް އިމޯޖީއާ އެކު އާލިއާގެ މަންމަ ސޯނީ ރަޒްދާން ކޮމެންޓެއް ކޮށްފައި ވެއެވެ.
ހުސައިން ޒައިދީ ލިޔެފައިވާ ”މާފިއާ ކުއީންސް އޮފް މުމްބާއީ“ ގައި ހިމެނޭ ޙަޤީޤީ ހާދިސާއެއް ކިޔައިދޭ މި ފިލްމުގައި އާލިއާގެ އިތުރުން މައިގަނޑު ރޯލުތަކުން ފެނިގެންދާ ތަރިންގެ ތެރޭގައި ޝާންތަނޫ މަހޭޝްވަރީއާއި ވިޖޭ ރާޒްއާއި އިންދިރާ ތިވާރީއާއި ސީމާ ޕެހެވާއާއި އަޖޭ ދޭވްގަންއާއި އިމްރާން ހާޝިމީ ހިމެނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!