ސްޕްޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސް-އޯ މޯލްސްޑިވްސް)އަށް އޮފިޝަލް ފޮޓޯ އަދި ވީޑިއޯގްރަފީ ޕަރޓްނަރެއްގެ ގޮތުގައި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިއުލާނުކޮށްފިއެވެ.
މިއަދު ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްއިން ކޮށްފައިވާ އިއުލާނެއްގައި ބުނީ 23 ޖަނަވަރީ 2022 ވީ އާދީއްތަ ދުވަހުޒެ ގެޒެޓްކުރި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ހޯދުމަށް އެންމެ ފަރާތަކުން ޙާޟިރު ވުމާ ގުޅިގެން އަލުން ސްޕްޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސް-އޯ މޯލްސްޑިވްސް) އަށްް އޮފިޝަލް ފޮޓޯ އަދި ވީޑިއޯގްރަފީގެ ޕަރޓްނަރެއްގެ ގޮތުގައި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ޢިއުލާނުކުރާ ކަމަށެވެ.
މިކަމަށް ޝައުޤުވެރުވެލައްވާ ފަރާތްތަކުން 10 ފެބުރުވަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް އެސް-އޯ މޯލްޑިވްސްގެ އިދާރާ (ގަލޮޅު ދަނޑު އެކަމަޑޭޝަން ބްލޮކް ގްރައުންޑް ފްލޯ) އަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރުމަށްފަހު، 13 ފެބްރުވަރީ 2022 ވާ އާދީއްތަ ދުވަހު ޕްރޮޕޯސަލް ހުށަހެޅުއްވުމަށެވެ.
މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ..
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




