”ހީރޯޕަންތީ 2“ ގައި ޓައިގަރ ޝްރޮޕް، އޭނާގެ އެކްޓިންގެ ދެގުނަ ދައްކައިލާނެކަމަށް ވައުދުވެ ތާރާ ސުތާރިއާ އާއެކުގައި ނަގާފައިވާ ފިލްމުގެ އެއްމެ ފަހުގެ ޕޯސްޓަރެއް ދައްކާލައިފިއެވެ. 2014 ވަނަ އަހަރު ނެރުނު ފިލްމު ”ހީރޯޕަންތީ“ އަކީ ޓައިގަރ ޝްރޮފް ފިލްމީ ދާއިރާއަށް ނުކުތް އޭނާގެ އަލަތު ފިލްމެވެ. މި ފިލްމުގެ ދެވަނަ ބައެއް އުފައްދަން އުޅޭކަން ހާމަކޮށް ޓައިގަރ މިވަނީ އޭނާގެ ސަޕޯޓަރުންގެ ސަމާލުކަން ހޯދާފައެވެ.
”ހީރޯޕަންތީ 2“ ޑައިރެކްޓްކުރާނީ އަޙްމަދު ޚާން އެވެ. މި ފިލްމުގެ ލީޑްގައި ޓައިގަރ އާއި އެކު، ތާރާ ސުތާރިއާ ހަރަކާތްތެރިވާނެއެވެ. މި އެކްޝަން ޑްރާމާވެސް ވެގެން ދާނީ މިއަހަރު އެއްމެ އިންތިޒާރުކުރެވޭނެ އެއް ފިލްމަށެވެ. މިއަދު ޓައިގަރގެ އިންސްޓަގްރާމް މެދުވެރިކޮށް އާއްމުކޮށްފައިވާ ޕޯސްޓަރުން އެކްޝަންއާއި މީހުންގެ ސަމާލުކަން އެއަށް ހުއްޓޭފަދަ ގޮތެއް ހުރިކަން ފާހަގަކޮށްލެވެއެވެ.
ފިލްމު ”ބާގީ“ގެ ވެސް ތަރި ޓައިގަރ މިއަދު އާއްމުކުރި ޕޯސްޓަރާއެކު ލިޔެލާފައި ވަނީ: ”ދެގުނައަށް އެކްޝަން އެކުލެވޭނެ ކަމަށް ވައުދުވަން“ މިހެންނެވެ. މީގެ އިތުރުން އޭނާ ބުނެފައިވަނީ ކުރީ ފިލްމަށްވުރެން މި ފިލްމު ދެގުނައަށް މަޖާވެސް ވާނެ ކަމަށެވެ. އަދި މި އަހަރުގެ އީދާއި ގާތްކޮށްފައި ފިލްމު ނެރޭނެ ކަމަށްވެސް ބުނެފައިވެއެވެ.
View this post on Instagram
2019 ވަނަ އަހަރު ނެރުނު ފިލްމު ”ސްޓޫޑެންޓް އޮފް ދަ ޔަރ“ އަށް ފަހު ޓައިގަރ އަދި ތާރާ އެކުގައި ފެނުން މިއީ ޝަޢުޤުވެރިކުރުވާ ކަމެކެވެ. ”ހީރޯޕަންތީ 2“ ގައި ނަވާޒުއްދީން ސިއްދީޤީ ވެސް މުހިންމު ރޯލެއް ކުޅޭނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 28 ޑިސެމްބަރ 2025ޚަބަރުރަށްރަށަށް ”އަލްވަދާޢު“ – ބެލުންތެރިން ބުނަނީ ވަރަށް ސަޅިއޭ!
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!




