– މިއުޒިކް ކޮމްޕޯސަރ ބައްޕީ ލެހެރީ މަރުވީ އެތަކެއް ޞިއްޙީ މައްސަލަތަކެއް ތަހައްމަލުކުރަމުން ދަނިކޮށް އުމުރުން 69 އަހަރުގައި
– ބައްޕީ ލެހެރީ ނިޔާވީ މިއަދު ހެނދުނުގެ ވަގުތެއްގައި މުންބާއީގެ ކްރިޓިކެއަރ ހޮސްޕިޓަލުގައި
1980 އަދި 1990ގެ އަހަރުތަކުގައި ބޮލީވުޑްގައި ޑިސްކޯ މިއުޒިކް އުފެއްދުމުން މަޝްހޫރުކަން ހޯދި މިއުޒިކް ކޮމްޕޯސަރ އަދި ލަވަކިޔުންތެރިޔާ މިއަދު ހެނދުނުގެ ވަގުތެއްގައި މުންބާއީގެ ކްރިޓިކެއަރ ހޮސްޕިޓަލުގައި މަރުވެއްޖެއެވެ. ބައްޕީ ލެހެރީ ހޮސްޕިޓަލަށް ގެންދިޔައީ މިދިޔަ އަންގާރަ ދުވަހުގެ ރޭ އޭނާގެ ސިއްހީ ހާލަތު މާބޮޑަށް ދަށަށްދާން ފެށުމުންނެވެ.
މި ދިޔަ އަހަރަކީ ބައްޕީ ލެހެރީއަށް ސިއްހީ މައްސަލައެއް ކުރިމަތިވުމުގެ ސަބަބުން ހޮސްޕިޓަލަށް ގޮސް އައިސް އުޅުން ގިނަވެގެން ދިޔަ އަހަރެކެވެ. އެގޮތުން އޮބްސްޓްރަކްޓިވް ސްލީޕް އެޕްނިއާ (އޯއެސްއޭ)އަށް އޭނާ ފަރުވާ ހޯދަން ޖެހުނެވެ.
29 ދުވަސް ވާންދެން ފަރުވާ ހޯދައި ރަނގަޅުވެގެން އޭނާ ހޮސްޕިޓަލުން ދޫކޮށްލީ މިމަހުގެ 15ވީ އަންގާރަ ދުވަހުއެވެ. ނަމަވެސް އޭނާގެ ގޭގައި އެއްމެ ދުވަހެއްވެސް ހޭދަ ނުވެ އުޅެނިކޮށް ސިއްހީ ހާލަތު ގޯސްވެ ކްރިޓިކެއަރ ހޮސްޕިޓަލަށް ގެންދަން ޖެހުނެވެ. ބައްޕީ ލެހެރީގެ ސިއްހީ ހާލަތު ރޭ 11:45 ގައި ވަރަށް ބޮޑަށް ދަށަށް ދިޔައެވެ. މިދިޔަ އަހަރު އޭނާއަށް ކޮވިޑް-19 ވެސް ޖެހުނެވެ.
ބައްޕީ ލެހެރީ އުފަންވީ 1952 ވަނަ އަހަރު އިންޑިއާގެ ދެކުނު ބެންގޯލްގެ ކަލްކަތާ އަށެވެ. އޭނާގެ އާއިލާއަކީ މިއުޒިކީ އާދަކާދަތައް މުއްސަނދި އާއިލާއެކެވެ. އުމުރުން 19 އަހަރުގައި އޭނާ މިއުޒިކް ޑައިރެކްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވާން ފެށިއެވެ.
ބައްޕީ ލެހެރީގެ ބައްޕަ އަޕަރޭޝް ލެހެރީ އަކީ ބެންގޯލުގައި މަޝްހޫރު ލަވަކިޔުންތެރިއެކެވެ. އޭނާގެ މަންމަ ބަންސާރީ ލެހެރީ އަކީވެސް ކުރިން މިއުޒިކް ކުޅުނު މީހެކެވެ. އޭނާއަކީ އިންޑިއާގެ ކްލެސިކަލް މިއުޒިކްގެ އިތުރުން ޝްޔާމާ ސަންގީތަށް ފަރިތަ މީހެކެވެ. އެހެންކަމުން، މިއުޒިކްގެ ހުރިހައި އެއްޗެއް ބައްޕީ ލެހެރީއަށް އޭނާގެ މައިންބަފައިން އުނގަންނައިދިނެވެ.
63ވަނަ ފިލްމުފެއަރ އެވޯޑްގައި ބައްޕީ ލެހެރީއަށް ފިލްމުފެއަރ ހަޔާތީ އަރުތަ އެވޯޑް ދީފައިވެއެވެ.
******
އައު ލަފުޒު: ފިލްމުފެއަރ ހަޔާތީ އަރުތަ އެވޯޑް – ފިލްމުފެއަރ ލައިފްޓައިމް އެޗީވްމެންޓް އެވޯޑް
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




