އަދި ފ. ދަރަނބޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ޅެން ހަދަން ދަސްކޮށްދޭ ކޯހަކާއި ވީޑިއޯ ޕްރޮޑަކްޝަން ކޯހެއް ފަށައިފި އެވެ. މި ކޯސްތައް ފަށާފައިވަނީ މިމަހު 17 ވަނަ ދުވަހުގެ ރޭގަ އެވެ.

ހަތް ދުވަހުގެ މުއްދަތަށް ހިންގާ ޅެން ކޯސް ކުރިއަށްގެންދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ޅެން ކޯހުގައި ދަރަނބޫދޫ ސްކޫލަށް ނިސްބަތްވާ 25 ބައިވެރިން އަދި އާއްމުންގެ ތެރެއިން 20 މީހުން ބައިވެރިވެފައިވާކަމަށް ދަރަނބޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ފަޟީލާ މުޙައްމަދު މުނިއަވަސް އަށް ވިދާޅުވިއެވެ. މީގެ އިތުރުން ވީޑިއޯ ޕްރޮޑަކްޝަން ކޯހުގައިވެސް 20 ފަރާތަކުން ބައިވެރިވެފައިވެއެވެ.

ޅެން ހަދަން ދަސްކޮށްދޭ ކޯހާއި ވީޑިއޯ ޕްރޮޑަކްޝަން ކޯހުގައި ކިޔަވައިދެއްވަނީ އީސާ އޮންލައިން ޕޮއެޓްރީގެ ބާނީ، މަޝްހޫރު ޅެންވެރިޔާ އަދި ވީޑިއޯ ޕްރޮޑަކްޝަންގެ ތަޖުރިބާކާރު އީސާ ޝަރީފު އެވެ. މީގެ އިތުރުން ޒުވާން އަދި ހުނަރުވެރި ޅެންވެރިޔާ ހާރޫން ރަޝީދު (ހާރޭ) ވެސް މި ކޯހުގައި ކިޔަވައިދެއެވެ.

މި ކޯސްތައް ހިންގުމުގައި ދަރަނބޫދޫ ސްކޫލު އަދި އެ ރަށު ކައުންސިލުން ވެދެއްވާ އެހީތެރިކަން ފާހަގަކޮށް އެ ފަރާތްތަކަށް އަންހެނުންގެ ކޮމެޓީގެ ފަރާތުން ޝުކުރުވެރިވާ ކަމަށް ފަޟީލާ ވިދާޅުވިއެވެ.

މި ކޯސްތަކުގެ ނިންމުގެ ހަފުލާ މި ހަފުތާގެ ބުރާސްފަތި ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އީއޯޕީން ބުނެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުން މިއީ ޅެންވެރިކަމުގެ އަސާސީ ހުނަރު ހިލޭސާބަހަށް ދަސްކޮށްދިނުމަށް ން ކުރިޔަށް ގެންދާ ކުލާސްތަކުގެ ބޮޅެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.