ބޮލީވުޑް ތަރިންގެ ތެރެއިން އެ ތަރިއެއްގެ ކައިވެންޏަށް އެއްމެ ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ކައިވެންޏަކަށް ސަލްމާން ޚާންގެ ކައިވެނި ވާނެ އެވެ. ސަލްމާން ޚާން ހުސްހަށިބައިކަމުގެ ސިއްކަ ކެނޑިގެންދާނެ ވަގުތަކަށް އިންތިޒާރުކުރާ އޭނާގެ ސަޕޯޓަރުންވެސް މަދެއް ނުވާނެއެވެ.
ސަލްމާން ޚާން އާއި ސޮނާކްޝީ ސިންހާ ކައިވެނިކުރި ކަމުގެ އަޑުތައް އިއްޔެއާއި މިއަދު މިވަނީ ފެތުރެން ފަށާފައެވެ. އެ ދެމީހުންގެ ކައިވެނީ ފޮޓޯއެއް ފަތުއަޑުކިޔާފައި މީސްމީޑިއާގައި ފެތުރެމުންވެސް އެބަދެއެވެ.
ސަލްމާން ޚާން އަދި ސޮނާކްޝީގެ ކައިވެނީގެ ފޮޓޯއާއި އަނގޮޓިއަޅުވާ ފޮޓޯއެއް ދައުރުވަމުން ދިޔަޔަސް، ހަގީގަތަކީ އަދިވެސް ސަލްމާން ހުރީ ހުސްހަށިބަޔަށް ކަމެވެ. މީސްމީޑިއާގައި ދައުރުވާ ފޮޓޯއަކީ ކޮންމެެވެސް ލާނެތް މީހަކު ‘ފޮޓޯޝޮޕް’ ބޭނުންކޮށްގެން ހަދާފައިވާ މޮޅު ފޮޓޯއެކެވެ.
ސަލްމާން ޚާނާއި ސޮނާކްޝީގެ ކައިވެނީގެ ޚަބަރަކީ އެއްވެސް ހަގީގަތެއް ނެތް ހޮޅި ވާހަކަތަކެއް ނަމަވެސް، މި ދެމީހުންނަކީ ގާތް ގުޅުމެއް އޮންނަ ދެމީހުންނެވެ. މި ދެތަރިން އެކުގައި ފިލްމު “ދަބަންގް” (2010)، “ދަބަންގް 2” (2012) އަދި “ދަބަންގް 3” (2019) ގައި މަސައްކަތްކޮށްފައިވެ އެވެ.
ސަލްމާން ޚާނާއި އެކުގައި އޮންނަ ހާއްސަ ގުޅުމުގެ ވާހަކަތަކަށް ސޮނާކްޝީ ވަނީ ޖަވާބުދާރީވެފަ އެވެ. ސޮނާކްޝީ ބުނީ އޭނާ އެކްޓިން ފެށުމުގެ މާކުރިންވެސް ސަލްމާން ޚާން ދަންނަ ކަމަށާ ދެފަރާތުގެ އާއިލާއަކީވެސް މާކުރިންސުރެވެސް ގާތްގުޅުމެއް އޮންނަ ދެ އާއިލާއަށް ވީތީ އޭނާ ސަލްމާނާއި މެދު ދެކެވެނީ ފިލްމީތަރިއަކަށް ވުރެން ބޮޑަށް، ގާތް ރައްޓެއްސެއްގެ ގޮތުގައި ކަމަށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި
- 28 އޭޕްރިލް 2025ޚަބަރުފިލްމު “އަބަދަށް” ޕްރިމިއާކުރުން މިރޭ!