ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކަރަންގެ “ބޭދަޅަކް” އިން އާ 3 މޫނު

ބޮލީވުޑަށް ޒުވާން އާ ތަރިން ނެރުމުގައި އިސް ރޯލެއް އަދާކުރާ ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަނުން އަނެއްކާވެސް އާ 3 ތަރިއަކު ބޮލީވުޑަށް ނެރެން ތައްޔާރުވެއްޖެއެވެ.

“ބޭދަޅަކް” ގެ ނަން ދީފައިވާ މި ފިލްމުން ތަޢާރަފުކުރާ 3 ތަރިންނަކީ ލަކްޝްޔާ، ޝަނާޔާ ކަޕޫރް އަދި ގުރްފަތޭ ޕިރްޒާދާއެވެ. ފިލްމާއި ބެހޭ މާގިނަ މަޢުލޫމާތެއް ހާމަކޮށްފައި ނުވިނަމަވެސް ފިލްމުގެ ނަމުން މިއީ ރޮމޭންޓިކް ފިލްމެއް ކަމަށް ޤަބޫލުކުރެވޭކަމަށް ޚަބަރުތައް ބުނެއެވެ.

ވަރަށް އަވަހަށް ޝޫޓިންގވެސް ފަށަން ތައްޔާރުވަމުން އަންނަ “ބޭދަޅަކް” ލިޔެ، ޑައިރެކްޓްކުރަނީ ދަރްމާގެ “ހަމްޓީ ޝަރްމާ ކީ ދުލްހަނިއާ” އާއި “ބަދްރިނާތު ކީ ދުލްހަނިއާ” ޑައިރެކްޓްކޮށް ގެނެސްދިން ޝަޝާންކް ކައިތާންއެވެ.

“ބޭދަޅަކް” އިން އާ 3 ތަރިން ތަޢާރަފު ކުރަން ތައްޔާރުވަމުން އަންނައިރު، މިހާރު ބޮލީވުޑްގެ އެންމެ އުހުގައި ފިޔަޖަހަމުން އަންނަ އާލިއާ ބަޓް، ވަރުން ދަވަން، ސިދާތު މަލޯޓްރާ، އަނަންޔާ ޕާންޑޭ، ތާރާ ސުތާރިއާ، އިޝާން ކައްތަރު އަދި ޖާންވީ ކަޕޫރް ފަދަ ޒުވާން ތަރިންނަކީ ދަރްމާ ޕްރޮޑަކްޝަންސްގެ ފިލްމުތަކުން ބޮލީވުޑަށް ނެރުނު ތަރިންކަން ފާހަގަކޮށްލެވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top