ކާބޯތަކެތި އުފައްދާ އަދި ވިއްކާ ފަރާތްތަކަށް ކާބޯތަކެތީގެ ރައްކާތެރިކަމާއި ފެންވަރު ރަނގަޅު ކުރުމަށްޓަކާ ހިންގާ ”އުފަކާރަ“ ތަމްރީނު ޕްރޮގްރާމް، ހދ. ކުޅުދުއްފުށި ސިޓީގައި މިމަހުގެ 05 ވަނަ ދުވަހު ބާއްވައިފިއެވެ. މިއީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލް ގުޅިގެން ހިންގާ ތަމްރީން ޕްރޮގްރާމެކެވެ.
އެއް ދުވަހަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ކާބޯތަކެތީގެ މަސައްކަތްކުރާ ޖުމްލަ 25 ފަރާތަކުން ބައިވެރިވެއެވެ. މި ޕްރޮގްރާމްގައި ކާބޯތަކެތި ރައްކާތެރި ގޮތުގައި އުފައްދާ، ތައްޔާރު ކުރުމާއި އެތަކެތީގެ ފެންވަރު މަތި ކުރާނެ ގޮތްތަކާ ގުޅޭ ތަމްރީނު ދިނުން ހިމެނެއެވެ. މީގެ އިތުރުން ކާބޯތަކެއްޗާއި ގުޅޭ ގަވާއިދުތަކާއި މިންގަޑުތަކަށް އަހުލުވެރި ކުރުވުން ވެސް ހިމެނެއެވެ.
މި ޕްރޮގްރާމަކީ ކާބޯތަކެތި އުފައްދާ ތައްޔާރު ކުރާ ފަރާތްތައް ކާބޯތަކެތީގެ ރައްކާތެރިކަމަށް އަހުލުވެރި ކުރުމަށް 2017 އިން ފެށިގެން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މިހާތަނަށް 3 އަތޮޅެއްގައި މިޕްރޮގްރާމްވަނީ ހިންގާފައެވެ. އަދި މީގެ އިތުރުން 2 ފަހަރެއްގެ މަތިން މާލޭގައިވެސް މި ޕްރޮގްރާމް ހިންގާފައިވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




