ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އަމީތާބާއި އަޖޭގެ “ރަންވޭ 34 ” ގެ ޓްރެއިލާ ނެރެފި

އަޖޭ ދޭވްގަން އާއި އަމީތާބް ބައްޗަންގެ “ރަންވޭ 34” ގެ ޓްރެއިލާ އާންމުކޮށްފިއެވެ.

މިއަދު އަޖޭ ދޭވްގަން ފިލްމްސްގެ ރަސްމީ ޔޫޓިއުބް ޗެނަލްގައި ފިލްމުގެ ޓްރެއިލާ އާންމުކޮށްފައިވާއިރު، މިހާތަނަށް 10 މިލިއަނަށްވުރެ ގިނަ މީހުން ވަނީ މި ޓްރެއިލާ ބަލާފައެވެ. ޝައުޤުވެރި އެތައް މަންޒަރެއް ފެނިގެންދާ މި ޓްރެއިލާގައި އިސް ތަރިންގެ މޮޅު އެކްޓިންގއެއް ފެނިގެންދެއެވެ.

އަޖޭ އާއި އަމީތާބްގެ އިތުރުން ރަކުލް ޕްރީތު ސިންގ އިސް ރޯލުތަކުން ފެނިގެންދާ މި އޭވިއޭޝަން ތުރިލާގެ މައިގަނޑު އެހެން ރޯލުތަކުން ފެނިގެންދާ ތަރިންގެ ތެރޭގައި ބަމަން އިރާނީ، އާކަންކްޝާ ސިންގ އަދި އަންގީރާ ދާރީ ހިމެނެއެވެ.

“ރަންވޭ 34” ގައި ކިޔައިދެނީ ވިކްރާންތު ނަމަކަށް ކިޔާ ޕައިލެޓެއް، ތޫފާނެއްގެ ތެރޭގައި މަތިންދާބޯޓު ޖައްސަން އުޅުމުން ދިމާވާ ނުރައްކާތެރި ހާދިސާއެކެވެ. އަދި އެ ނުރައްކާތެރި ހާދިސާގެ ހަޤީޤަތް ހޯދުމަށް ނާރަޔަން ވެދާންތު ކުރާ މަސައްކަތުގައި ކުރިމަތިވާ ގޮންޖެހުންތަކެވެ.

ހަޤީޤީ ހާދިސާއަކަށް ބިނާކޮށް އުފައްދާފައިވާ “ރަންވޭ 34” އަކީ 2015 ވަނަ އަހަރު ޖެޓް އެއާރވޭސް ދޯހާ-ކޮޗީ ފްލައިޓްގެ ހާދިސާއަށް އުފައްދާފައިވާ ފިލްމެއްކަމަށް ޚަބަރުތައް ބުނެއެވެ.

އަޖޭ ދޭވްގަން ފިލްމްސް އިން ޕްރޮޑިއުސްކޮށް އަޖޭ ޑައިރެކްޓްކޮށްފައިވާ “ރަންވޭ 34” ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވަނީ އަންނަ ފިތުރު ޢީދާއި ދިމާކޮށް އޭޕްރިލް މަހުގެ 29 ގައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top