ޒަމާނީ ޕޮޑްކާސްޓިން ސްޓައިލްގައި އޮއްޓަރުހުރި ޕްރޮގްރާމުތަކެއް ކްލަބްހައުސް މެދުވެރިކޮށް ގެނެސްދެމުން އަންނަ މުނިއަވަސް ކްލަބްހައުސްގެ ޕްރޮގްރާމުތައް ރަމަޟާން މަހަށް މެދުކަނޑާލާފައި އޮތުމަށްފަހު، ޢީދު ވިލޭރެއިން ފެށިގެން ޕްރޮގްރާމުތައް އަލުން ފަށަން ނިންމައިފިއެވެ.
މުނިއަވަސް ކްލަބްހައުސްގެ ޕްރޮގްރާމް ހެޑް، ޢާއިޝަތު ރިފުޒާ ބުނީ ރަމަޟާން މަހަށް ޕްރޮގްރާމުތައް މެދުކަނޑައިލީ އަޅުކަމުގެ މި މައްސަރުގައި ޓީމުގެ މެންބަރުންނާއި އެހުންތެރިން އަދި ޕްރޮގްރާމުތަކުގައި ބައިވެރިވާ ފަރާތްތަކަށް މި މައްސަރު އެއްމެ ހެޔޮގޮތުގައި ބޭނުންކުރުމަށް ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށާ، ޢީދު ވިލޭރެއިން ފެށިގެން މުނިއަވަސް ކްލަބްހައުސް މެދުވެރިކޮށް ޢީދާ ގުޅުންހުރި، މުނިއަވަސްފިލުވުމުގެ ޝޯވތަކެއް ގެނެސްދޭން ނިންމާފައިވާ ކަމަށެވެ.
މުނިއަވަސް ކްލަބްހައުސް މެދުވެރިކޮށް ޢީދު ވިލޭރޭ ”ޢީދު މުބާރަކް މުނިއަވަސްއާއެކު“ގެ ނަމުގައި ޚާއްޞަ ޝޯވއެއް 10:30ގައި ކުރިއަށް ގެންދާނެއެވެ. މީގެ އިތުރުން ޢީދު ދުވަހު ހެނދުނު 10:00ގައި ”ޢީދު އުފާ މުނިއަވަސް އާއެކު“ ގެނެސްދޭނެއެވެ. މި ޝޯވގައި ރާއްޖޭގެ އެކި ކަންކަޮޅުތަކުގައި މި އަހަރުގެ ފިޠުރު ޢީދު ފާހަގަކުރުމަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ މަޢުލޫމާތު ގެނެސްދޭނެއެވެ.
”ޢީދު އުފާ މުނިއަވަސްއާއެކު“ ޢީދުގެ ކޮންމެ ރެއެއްގެ 10:30ގައި ކުރިއަށް ގެންދާނެ ޕްރޮގްރާމުގައި މުނިއަވަސް އިން މި ޢީދަށް ޚާއްޞަކޮށްގެން ގެނެސްދޭ ވާހަކަ ސީރީޒެއް ޑްރެމެޓިކް ސްޓޯރީޓެލިން ސްޓައިލްގައި ގެނެސްދޭނެއެވެ. އެގޮތުން ޢީދުގެ ކޮންމެ ރެއަކު މުޅިން އައު އެޕިސޯޑެއް ގެނެސްދޭނެއެވެ. މީގެ އިތުރުން މި ޝޯވގައި ”ސުންދީދީގެ އާހިތަ ވާހަކަ ސީރީޒް“ގެ ނަމުގައި ކޮމެޑީ ޑްރާމާ ވާހަކައެއް ގެނެސްދޭނެއެވެ.
ޢީދުގެ ފަހުން ހަ ރޯދަ ނިމުމުން، މުނިއަވަސް ކްލަބްހައުސްގެ ރަސްމީ ޕްރޮގްރާމުތައް، ތަފާތު ބައެއް ބަދަލުތަކާއެކު ފެށުމަށްވެސް ވަނީ ނިންމާފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން





Kada