– 1998 ވަނަ އަހަރު ކައިވެނި ކުރި ސޮހައިލް އާއި ސީމާ ޚާން ވަރިވާން ތައްޔާރުވެފައިވާއިރު، ނިރްވާން އާއި ޔޯހާން ކިޔާ ދެ ކުދިން ލިބިފައިވޭ

ކައިވެނި ކުރިތާ ގާތްގަނޑަކަށް ދެ ދަހަރު ފަހުން މިމަހު 14 ވަނަ ދުވަހު ސޮހައިލް ޚާން އާއި ސީމާ ޚާން ވަރިވާން ކޯޓަށް މައްސަލަ ހުށައަޅައިފިއެވެ. ޕަޕަރާޒީން މި ދެމަފިރިން މުމްބާއީގެ ފެމިލީ ކޯޓުން ނުކުންނަތަން  ޕަޕަރާޒީންނަށް ފެނިފައި ވެއެވެ. ސީމާ އާއި ސޮހެއިލް ވަކިވުމާ ގުޅޭ ގޮތުން ރަސްމީ ބަޔާނެއް އަދި ނެރެފައެއް ނުވެ އެވެ. ނަމަވެސް އެދެމީހުން ވަކިވެގެން އުޅޭތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ.

ހުކުރު ދުވަހު ފެމިލީ ކޯޓުން ވަކިވަކިން ނިކުމެގެން ދިޔަ ސޮހެއިލް އާއި ސީމާގެ ފޮޓޯ ނަގާފައިވެ އެވެ. މުންބާއީގެ ފެމިލީ ކޯޓުން ނިކުމެގެން ދިޔައިރު ސޮހައިލް ކައިރީގައި ވަރުގަދަ ސެކިއުރިޓީ ޓީމެއް ވެސް ފެނިގެންދިޔަ އެވެ. އެވަގުތު ސީމާ އޭނާގެ ކާރާ ދިމާއަށް ހިނގާފައި ދިޔަތަން ފެނުނެވެ. ގާތް މަސްދަރަކުން ހާމަކުރި ގޮތުގައި “ސޮހައިލް ޚާން އާއި ސީމާ ސަޗްދޭވް މިއަދު ކޯޓަށް ހާޒިރުވި. އެމީހުން ވަނީ ވަރިއަށް އެދި ހުށަހަޅާފައި. ދެމީހުން ވެސް ތިބީ އެކަކު އަނެކަކާ އެކު އެކުވެރި ގޮތަކަށް.”

އެ ދެމީހުން ލޯބީގެ ގޮތުން މިހާރު ގުޅުމެއް ނެތް ނަމަވެސް އެއް ޒަމާނެއްގައި އެ ދެމީހުން އެކަކުއަނެކަކާ ވަކިނުވެވޭ ވަރަށް ގާތްކޮށް ތިބި ދެމީހުންނެވެ. “ޕިޔާރް ކިޔާ ތޯ ދަރްނާ ކިޔާ” (1998) ގެ ޝޫޓިންގެ ތެރޭގައި އެކްޓަރު-ޕްރޮޑިއުސަރު ވަނީ ދިއްލީގެ ރައްޔިތެއް ކަމަށްވާ ސީމާއާ ބައްދަލުކޮށްފަ އެވެ. ސީމާ އޭރު ދިރިއުޅެމުން ދިޔައީ މުމްބާއީގައި ކަމަށާއި ފެޝަން ޑިޒައިނަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ކަމަށް ބެލެވެ އެވެ. މާ ގިނަ ދުވަސްތަކެއް ނުވެ ސޮހެއިލް އާއި ސީމާ އާއި ދެމެދުގައި އެކުވެރިކަން އާލާވެ އެ އެކުވެރިކަން ލޯތްބަށް ބަދަލުވުމުން އެމީހުން ކައިވެނިކުރުމަށް ނިންމި އެވެ.

އެމީހުން ކައިވެނިކުރި އިރު، ސީމާގެ އާއިލާއިން ވަނީ އެ ގުޅުމާ ދެކޮޅު ހަދައިފަ އެވެ. ސޮހައިލް އާއި ސީމާ ގެއިން ފިލައިގެން ގޮސް ކައިވެނި ކުރީ ގާތް ރައްޓެހިންނާއި ގާތްތިމާގެ މީހުންގެ ހާޒިރުގައި އަމިއްލަ ރަސްމިއްޔާތެއްގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. ދެމީހުންގެ ކައިވެންޏަށްފަހު ދެ އަހަރު ފަހުން ނިރްވާން އާއި 2011 ވަނަ އަހަރު ޔޯހާން ލިބުނު އިރު ސީމާގެ އާއިލާއިން އެންމެ ފަހުން އެ ގުޅުން ގަބޫލުކުރި އެވެ.

ސީމާ އާއި ސޮހައިލް ވަކިވަކިން ދިރިއުޅެމުން ދިޔަ ތަން “ދަ ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑް ވައިވްސް” (2020) ގައި ދައްކާފައިވާއިރު، އެމީހުންގެ ދަރިން ދެ ގޭގައިވެސް ދިރިއުޅޭތަން އެ ޝޯގައި ދެއްކި އެވެ. އެ މީހުން އެކުގައި ނޫޅޭތީ މި ޝޯއަށް ބެލުންތެރިންގެ ބޮޑު ޝަޢުޤުވެރިކަމެއް ލިބިގެންދިޔަ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.