ހިތްގައިމު، ލޯބީގެ ލަވަތަކެއް ގެނެސްދެމުން އަންނަ ’ރިޓްޒް ލިރިކްސްް‘ގެ “ވިންދު” މުނިއަވަސް ކްލަބްހައުސް ވީއައިޕީ ޝޯވްގައި ރިލީޒްކޮށްފިއެވެ. ’ރިޓްޒް ލިރިކްސްް‘ އަށް ދެއަހަރު ފުރުމުގެ މުނާސަބާއާ ގުޅިގެން “ވިންދު” ރިލީޒްކުރީ އޯޑިއޯ އަދި ވީޑިއޯ ފޯމެޓްގައެވެ.

ވިންދު” ރިލީޒްކުރުމަށް މުނިއަވަސް ކްލަބްހައުސްގައި ބޭއްވި ޚާއްޞަ ޝޯވްގައި މި ލަވަ ކިޔާފައިވާ ލަވަކިޔުންތެރިންގެ އިތުރުން ’ރިޓްޒް ލިރިކްސްް‘ގެ “ތި ލޯބި ހޫރު”ގެ އިތުރުން އެތަނުގެ ގިނަ ލަވަތަކެއް ކިޔާފާއި ރާޔާގެ އިތުރުން ރިޓްޒް ލިރިކްސްގެ މެންބަރުން ބައިވެރިވިއެވެ.

ރޭ ބޭއްވި ޝޯވްގައި މި ލަވައިގެ އޯޑިއޯ އަދި ވީޑިއޯ މަސައްކަތްތައް ކުރިއަށްދިޔަ ގޮތް މިކަމުގައި ޝާމިލުވާ ފަރާތްތަކުން ހިއްސާކޮށްފައިވެ އެވެ. އެގޮތުން ރިޒްނީ، މާއިން، ބޮކިޓޯސް އަދި ޢަލީ ރަޝީދު (ގޮޅާ އައްޔަ)ގެ އިތުރުން މައިކް ވެސް ބަައިވެރިވިއެވެ.

މުނިއަވަސް ކްލަބްހައުސް އިން ރޭ ބޭއްވި “ރިޓްޒް ލިރިކްސް ‘ވިންދު’ ރިލީސިން ވީއައިޕީ ޝޯވ” މި ލިންކުން އަޑުއަހައިލެވޭނެ އެވެ.

ވިންދު“ގެެ އަޑުގެވެރިންނަކީ ޓީވީއެމުން ގެނެސްދޭން ފެށި ސްކޫލް ކުދިންގެ ލަވަ މުބާރާތުން ލަވަކިޔުމުގެ ދާއިރާއަށް ނުކުމެ ބޮޑު މަޝްހޫރުކަމެއް ހޯދާފައި ލަވަކިޔުންތެރިޔާ ޢާއިޝަތު މާއިން ރަޝީދު އަދި މުޙައްމަދު މައިސާން (ބޮކިޓޯސް) އެވެ.

ރިޓްޒް ލިރިކްސްް’ގެ ފައުންޑަރ އަދި ލަވައިގެ ޅެން ލިޔުމުގައި ފިޔަޖަހަމުން އަންނަ އާމިނަތު ރިޒްނީ (ރިޒް)ގެ ލިރިކްސްއަށް ހަދާފައިވާ “ވިންދު“ގެެ ރެކޯޑިންގ އަދި މިކްސިން ހެދީ ޙުސައިން ތަޢުފީޤް އެވެ.

ވިންދު“ގެެ ވީޑިއޯއިން ފެނިގެންދަނީ މާއިން އަދި ބޮކިޓޯސް އެވެ. ލަވައިގެ ކެމެރާކޮށް ޑައިރެކްޝަން އަދި އެޑިޓިންގ ހެދީ ހިތްގައިމު ލޯބީގެ ވީޑިއޯ ލަވަ އުފެއްދުމުގައި ރާއްޖެއިން އެއްމެ މަޝްހޫރު އެއް ފަންނާނު ޢަލީ ރަޝީދު (ގޮޅާ) އެވެ. ރިޓްޒް ރިޒްނީ ޕްރޮޑިއުސްކޮށްފައިވާ މި ލަވައިގެ ލޮކޭޝަން ޕާޓްނަރަކީ ‘ސްކައި ފޯލް’ އެވެ. ތަރިންގެ މޭކަޕްކުރީ މީކާއިލް (މައިކް) އެވެ.

މި ލަވައަކީ މަޝްހޫރު ހިންދީ ލަވަ ‘ދިލް ކިޔު ދަޅަކްތާ ހޭ’ގެ ރާގަށް ހަދާފައިވާ ލަވައެކެވެ.

ވިންދު މިއީ ’ރިޓްޒް ލިރިކްސްް’ގެ އުމުރުން މިވީ ދެ އަހަރުގެ ތެރޭގައި ރިލީޒްކުރި 10ވަނަ އޯޑިއޯ ލަވައެވެ. އެތަނުގެ ކަރޯކޭ ޗެނަލް ’ރިޓްޒް ކަރޯކޭ ރިޓްޒްލިރިކްސް’ގައި މިހާރު 50 ލަވައިގެ ކަރޯކޭ ވީޑިއޯ ޒަމާނީ ސްޓައިލްގައި ހަދައި ނެރެފައި ވާނެ ކަމަށް ’ރިޓްޒް ލިރިކްސްް’ އިން ބުނެއެވެ. އަދި ރިޓްޒްގެ ކަރޯކޭ ލަވަތަކުގެ އަދަދު 100 އަށް ވުރެން ގިނަވާނެ ކަމަށްވެސް ރިޓްޒް ރިޒްނީ ބުންޏެވެ. އޭނާގެ ކަރޯކޭ ލަވަތައް މަޝްހޫރު ދިވެހި ކަރޯކޭ ޗެނަލް މައިސަން ކަރޯކޭގައި ހިމަނާފައިވެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.