ބޮލީވުޑްގެ ވެޓެރަން ބަތަލާ ޕޫނަމް ދިލޮންގެ އަންހެން ދަރިފުޅު ބޮލީވުޑަށް ތައާރަފްވުމަށް ތައްޔާރުވަމުން އަންނަނީ މަންމަގެ ފިޔަވަޅުތަކަށް ބަލައިގެންނެވެ. ޕޫނަމް ދިލޮންގެ އަންހެން ދަރިފުޅު ޕަލޯމާ ތަކެރިއާ ދިލޮން ވަރަށް އަވަހަށް ރާޖްޝްރީ ޕްރޮޑަކްޝަންސް އިން ފިލްމީ ދުނިޔެއަށް ތައާރަފް ކުރާނެ އެވެ.
ޕަލޯމާ ދިލޮންގެ ފުރަތަމަ ފިލްމު ޑައިރެކްޓް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސޫރާޖް ބަރްޖަތިޔާގެ ދަރިފުޅު އަވްނީޝް ބަރްޖަތިޔާ އަށެވެ. ހަމައެއާއެކު ސަނީ ޑިއޯލްގެ ދަރިފުޅު ރާޖްވީރު ޑިއޯލްވެސް މި ފިލްމުން ފިލްމީ ދާއިރާއަށް އަލަތު ފިޔަވަޅު އަޅަން އުޅެނީ ޕަލޯމާ ދިލޮން އާއެކުގައެވެ. ޕޫނަމް ދިލޮންގެ އަންހެން ދަރިފުޅުގެ އަލަތު ފިލްމާއި ގުޅިގެން ބޮލީވުޑްގެ ގިނަ އަަދަދެއްގެ ސެލެބްރިޓީންތަކެއް ޕޫނަމް ދިލޮން އަށް ތަހުނިޔާ ކިޔުމުން އަންނަކަން ފާހަގަކޮށްލެވެ އެވެ.
ޕޫނަމް ދިލޮން ދަރިފުޅަށް ތަހުނިޔާ ކިޔަމުން އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ދަރިފުޅު ޕަލޯމާ ދިލޮންގެ 2 ފޮޓޯ ޝެއާކޮށްފައިވެ އެވެ.
”ޝަރަފުވެރި ރާޖްޝްރީ ފިލްމްސް، ސޫރާޖް ބާޖަތުޔާ، އަވްނިޝް ބާރްޖަޠްޔާފެ ފިލްމުން ދަރިފުޅު ޕަލޯމާ ތަކޭރިއާ ދިލޮން ތަޢާރަފްވާތީ މަރުޙަބާއާއި ތަހުނިޔާ ކިޔަން.“ ޕޫނަމް ލިޔެލާފައިވެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




