ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ދަކް ދަކް” ގެ ޝޫޓިން ފަށައިފި

ފާތިމާ ސަނާ ޝައިޚް، ދިއާ މިރްޒާ، ރަތުނާ ޕާތަކް ޝާހް އަދި ސަންޖަނާ ސަންގީ އިސް-ބަޠަލާއިންގެ ގޮތުގައި ފެނިގެންދާ ފިލްމު “ދަކް ދަކް”ގެ ޝޫޓިން ފަށައިފިއެވެ.

ތާޕްސީ ޕަންނޫގެ އާ ޕްރޮޑަކްޝަން “ދަކް ދަކް” ޑައިރެކްކުރަނީ ތަރޫން ދުޖެދާ އެވެ. މި ފިލްމުގެ އެކްޓަރުން ވަނީ ފިލްމުގެ ފުރަތަމަ ލުކް މީސްމީޑިއާގައި ހިއްސާކޮށްފަ އެވެ.

“ދަކް ދަކް” ކޯ ޕްރޮޑިއުސް ކުރަނީ ތާޕްސީ، ޕްރަންޖަލް ޚަންދްދިޔާ، އަދި އަޔޫޝް މަހެޝްވާރީ އެވެ. ރޯޑް ޓްރިޕެއް ދައްކުވައިދޭ މި ފިލްމަކީ ޕަރިޖަތު ޖޯޝީ އާއި ތަރޫން ދުޑެޖާ ގުޅިގެން ލިޔެފައިވާ ފިލްމެކެވެ.

“ދަކް ދަކް” ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ތާޕްސީ ބުނީ އޭނާގެ ފިލްމުތަކުގައި ދައްކައިދޭން ބޭނުންވަނީ އާއްމުކޮށް ފިލްމުތަކުގައި ނުދައްކާ ފަދަ ވާހަކަތަކެއް ކަމަށާ މި ފިލްމުގައި ދައްކައިދޭނީ މިނިވަންކަމަކީ ގަދަ އަޅައި މަސައްކަތްކޮށްގެން ހާސިލްކުރެވޭނެ އެއްޗެއް ކަމާއި އަދި އެއީ އެއްގޮތަކަށްވެސް ދޫކޮށްލައިގެންވާނެ އެއްޗެއް ނޫންކަމެވެ.

“ދަކް ދަކް” ކޯ ޕްރޮޑިއުސް ކުރަނީ ވިއަކޮމް18 ސްޓޫޑިއޯސް އިންނެވެ. މި ފިލްމު ސިނަމާތަކުގައި ރިލީޒްކުރާނީ 2023 ވަނަ އަހަރު އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top