ޕާކިސްތާނު ޑްރާމާ ސިލްސިލާ ”ޗޯރާހާ“ މާދަމާ ރޭ ދައްކަން ފަށާގޮތަށް ނިންމައިފިއެވެ.
”ޗޯރާހާ“ ގައި ކިޔައިދޭނީ ސައިބާބުލީކުރުމުގެ ނުރައްކާތެރިކަމާއި، ކުޑަކުދިންނާއި ޒުވާނުން އެމީހުންގެ މައުސޫމުކަމުގެ ތެރެއިން ސައިބާބުލީގެ ޝިކާރައަކަށް ވެގެންދާ ގޮތެވެ. ލޯތްބާއި، އުންމީދުތަކާއި، ސިއްސުވާލާފަދަ ޓްވިސްޓްތަކެއް މި ޑްރާމާއިން ފެނިގެންދާއިރު، ވަރަށް މުހިންމު އިޖުތިމާޢީ މެސެޖެއް މި ޑްރާމާއިންވެސް ދޭނެއެވެ.
މިކާލް ޒުލްފިޤާރް، މަދީހާ އިމާމް އަދި އަސަދު ސިއްދީޤީ އިސް ރޯލުތައް ކުޅެފައިވާ މި ޑްރާމާގެ އިތުރު ތަރިންގެ ތެރޭގައި ސަބާ ހަމީދު، ބުޝްރާ އަންސާރީ، ބެހްރޯޒް ސަބްޒްވާރީ އަދި ޝައްބީރް ގުލް ފަދަ ތަރިން ހިމެނެއެވެ.
ސެވެންތު ސްކައި އެންޓަޓެއިންމެންޓްގެ ކުޑައިގެ ދަށުން ﷲޢަބްދު ކަދްވާނީ އާއި އަސަދު ޤުރޭޝީ ޕްރޮޑިއުސްކޮށް ގެނެސްދޭ ”ޗޯރާހާ“ އަކީ އެޑިސަން އިދްރީސް މަސީހް ލިޔެ، އަހްސަން ތަލީޝް ޑައިރެކްޓްކޮށްފައިވާ ޑްރާމާއެކެވެ.
މާދަމާ ރޭ ރާއްޖެ ގަޑިން 8:00 ގައި ޖީއޯ ޓީވީއިން ”ޗޯރާހާ“ ދައްކަން ފަށާއިރު، ކޮންމެ ހޯމަ އަދި އަންގާރަ ދުވަހެއްގެ ރޭ އާ އެޕިސޯޑެއް ގެނެސްދިނުމަށް ވަނީ ނިންމާފައެވެ. އަދި މީގެ އިތުރުން ޖީއޯ ޓީވީގެ ރަސްމީ ޔޫޓިއުބް ޗެނަލް ”ހަރް ޕަލް ޖީއޯ“ އިންވެސް މި ޑްރާމާގެ އެޕިސޯޑްތައް ބަލައިލެވޭނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




