އައިފިލްމްސް އިން ކިޔައިދޭން ފަށާފައިވާ ”ބިރުވެރި ވާހަކަ“ ސީރީޒްގެ ފުރަތަމަ އެޕިސޯޑް ”ފޯން ކޯލް“ ރިލީޒްކުރީ މިދިޔަ ހުކުރު ދުވަހު އެވެ. އަނެއްކާވެސް މި އަންނަ ހުކުރު ދުވަހަކީ ބިރުވެރި ވާހަކައިގެ ދުވަހެކެވެ. މި ސީރީޒްގެ ދެވަނަ އެޕިސޯޑް “ލަކުނު”ގެ ޓްރެއިލަރ މިއަދު އާއްމުކޮށްފައިވާއިރު، މި އެޕިސޯޑް ބަލައިލުމަށްވެސް ބެލުންތެރިން ތިބޭނީ ކެތްމަދުވެފައިކަން ގައިމެވެ.

ބުރުގާއިން ތި ލަކުނު ފޮރުވާލައިގެން ހުއްޓަކަސް ކަމަކުނުދާނޭ..” އޯފް ސްކްރީނުގައި އަންހެނަކު މިހެން ބުނެލާއިރު، މި އެޕިސޯޑްގެ އަންހެން ލީޑް މަރްޔަމް ވަހީދާ (ޔަމް) އޭނާގެ އަންހެން ދަރިފުޅުގެ އަތުގައި ހިފައިގެން ފިސާރި ހަރު ހިނގުމެއްގައި ތަނަކަށް ދާތަން ފެނެއެވެ. މީގެ އިތުރުން ޔަމްގެ ވަރަށް އިމޯޝަނަލް މަންޒަރުތަކެއްވެސް މި ޓްރެއިލަރ އިން ފެނިގެންދެއެވެ. ހަމަ އެހެންމެ މުޙައްމަދު އަފްރާހް (ފެންނަ ފެނުމަށް މި އެޕިސޯޑްގައި ޔަމްގެ ފިރިމީހާ)ގެ ހަރުކަށިކަން ޔަމްގެ މައްޗަށް ބާލައިލާތަން ފެނެއެވެ.

ހަމަ އެކަނި ދިރާގު ޓީވީ އަދި ދިރާގު ޕްލޭ ވީޑިއޯ އޮން ޑިމާންޑުން ބަލައިލެވޭނެ މި ސީރީޒަކީ އިއްލެ ޑައިރެކްޓްކޮށް ގެނެސްދޭ ސީރީޒެކެވެ. މީގެ ޕްރޮޑިއުސަރަކީ ފިލްމު ”ބަވަތި“، ”ނީނާ“ގެ އިތުރުން އައިފިލްމްސްގެ އުފެއްދުންތައް ޕްރޮޑިއުސްކުރަމުން އަންނަ ޒުވާން ޕްރޮޑިއުސަރ އާސިމް ޢަލީ އެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.