ކޮންމެ އަހަރެއްގެވެސް ޢީދުގެ މުނާސަބަތުގައި ހިތްގައިމު ސަޅި ބޮޑުބެރު ލަވައެއް ނެރެމުން އަންނަ ހޭރިޔާ ބޮޑުބެރު ގްރޫޕުން މި ފަހަރުވެސް ޢީދު ލަވައެއް ނެރެފި އެވެ. ”މީ ކިޔާ ރާގެކޭ“ގެ ނަމުގައި މިއަދު ހެނދުނު ނެރުނު ލަވައަށް ލިބިފައިވާ ތަރުހީބަށް ބަލައިލިޔަސް މިއީ ފިސާރި ލަވައެއްކަން އެނގިގެންދާނެ އެވެ.
މީގެ ކުރިން ހޭރިޔާ ބޮޑުބެރުން ނެރެފައިވާ ލަވަތަކަށް ވުރެން މިފަހަރު ނެރުނު ލަވަ ކޮލިޓީވެފައި އަދި ތަފާތު މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރެވެ އެވެ.
”މީ ކިޔާ ރާގެކޭ“ ލަވައިން ދިވެހި ބޮޑުބެރު ލަވަތަކުގެ ހުރިހާ ރަހަތަކެއްވެސް އިވިގެންދެ އެވެ. މިއީ ދިވެހި ސަގާފީ ލަވަތައް ރަމްޒުކޮށްދޭ ގޮތަށް އެކުލަވާލާފައިވާ ލަވައެކެވެ. ލަވަ ފެށިގެންދަނީ އެފްރިކާގެ ގަބީލާތަކުގައި ކިޔާއުޅޭ ލަވަތަކުގެ ތެރެއިން ބޮޑުބެރުގެ އަސްލު އައިސްފައިވާ ލަވައާއި ވައްތަރުގެ ރަހަތަކަކުންނެވެ.
ލަވައިގެ ފަންނީ މަސައްކަތްތަކަށް ބަލައިލާއިރު، މިއީ ’ހޭރިޔާ ސްޓޫޑިއޯ’ގެ އުފެއްދުމެކެވެ. ލަވައިގައި ނަގާކިޔާފައި ވަނީ އިޝާމް އަދި ޝާން އެވެ. މި ހިތްގައިމު ރާގު ހެދީ އިޝާމް އެވެ. ޅެން ހެދީ މަރްޔަމް އިބްރާހީމް އެވެ. ވީޑިއޯކޮށް އެޑިޓްކުރީ ނާޝިތު އަދި ޝާމިލް އެވެ. ލަވައިގެ މިކްސިން އަދި މާސްޓަރިން ހެދީ އަރުޝަދު (އަރޭ) އެވެ.
https://www.youtube.com/watch?v=k_IsePzAR34
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




