ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ފުންނާބު އުސް ގިޓަރިސްޓް ޝަހީދު ލެގަސީގެ ފަސްވަނަ އަމިއްލަ ސޯލޯ އަލްބަމް ނެރެން ތައްޔާރުވެއްޖެ އެވެ. ޝަހީދުގެ ”ސްޓެސިސް“ އަލްބަމް ނެރުމަށް ހަމަޖެހިފައިވަނީ 19 އޯގަސްޓް 2022ގަ އެވެ.
”ސްޓެސިސް“ އަލްބަމުގައި ޖުމްލަ 07 ޓްރެކް ހިމެނެ އެވެ. އޭގެ ތެރެއިން ދެ ޓްރެކެއްގައި ބައިނަލްއަޤްވާމީ ދެ އާޓިސްޓުން ހިމެނޭ ކަމަށް ޝަހީދު ލެގަސީ ބުނެ އެވެ.
”އިންޓަނޭޝަނަލް ދެ އާޓިސްޓެއްގެ މަސައްކަތްވެސް އެކުލެވޭ އެޕިކް ގިޓަރ ޝްރެޑްސް ތަކެއް ހިމެނޭ ހިތްގައިމު ރާގުތަކެއް މި އަލްބަމްގައި ހިމެނޭނެ.“ ޝަހީދު ލެގަސީ ބުނެފައިވެ އެވެ.
ޑީސެންޓްރަލައިޒްޑް އެން.އެފް.ޓީ މާކެޓް ޕްލޭސް ފޯ މިއުޒިކް އާޓްސް ކަމަށްވާ އެން.އެފް.ޓީ ޓޯންސްގެ އެމްބަސަޑަރުކަން ކުރަމުން އަންނަ ޝަހީދު ލެގަސީ އަކީ 2004 ވަނަ އަހަރު 2 ރައްޓެއްސަކާއި އެކު އުފެއްދި ”SYN“ ނަމަކަށް ކިޔާ ބޭންޑަކުން މިއުޒިކީ ހަޔާތްފެށި ފަންނާނެކެވެ. ޝަހީދުގެ މިއުޒިކީ ހަޔާތް އާ އުސްމިންތަކަކަށް ވާސިލުވެވުނީ 2006 ވަނަ އަހަރު ”ސެކްރެޑް ލެގަސީ“ ކިޔާ އަމިއްލަ ބޭންޑެއް އުފެއްދި ފަހުންނެވެ. ޝަހީދުގެ ފުރަތަމަ އަމިއްލަ އަލްބަމް ނެރުނީވެސް އެ އަހަރު އެވެ.
މެޓަލް މިއުޒިކްއަށް ލޯބިކުރާ އޭޝިއާ އަދި ޔޫރަޕް ބައްރުގެ ޒުވާނުންގެ މެދުގައި ޝަހީދުގެ ސޯލޯ މިއުޒިކަށް ވަނީ ބޮޑު ތަރުހީބަކާއި މަޝްހޫރުކަމެއް ލިބިގެން ގޮސްފަ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން



