ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“އޭކް ވިލަން ރިޓާންސް” އަށް އެއް ދުވަސް ތެރޭގައި ހަތް ކުރޯޑް ރުޕީސް

މޯހިތު ސޫރީގެ ޑައިރެކްޝަންގެ ދަށުން ގެނެސްދޭ ފިލްމު ”އޭކް ވިލަން ރިޓާންސް“ މި މަހުގެ 29 ވަނަ ދުވަހު ރިލީސްކޮށްފައިވާއިރު އެ ފިލްމަށް އެއް ދުވަސްތެރޭގައި 7.05 ކުރޯޑް ރުޕީސް ލިބިއްޖެއެވެ.

”އޭކް ވިލަން ރިޓާންސް“ އަކީ 2014 ވަނަ އަހަރު ސިދާތު މަލްހޯތުރާ އާއި ރިތޭޝް ދޭޝްމުކްގެ އިތުރުން ޝްރަދާ ކަޕޫރު ފެނިގެންދިޔަ ފިލްމު ”އޭކް ވިލަން“ގެ ސީކުއަލްއެކެވެ.

މިފިލްމުގައި ލީޑް ރޯލުތަކުން ފެނިގެންދަނީ ޖޯން އަބްރަހަމް އާއި އަރްޖުން ކަޕޫރު އަދި ދިޝާ ޕަޓާނީ އަދި ތާރާ ސުތާރިއާ އެވެ. މިއީ ޓީ-ސީރީޒް އާއި ބަލާޖީ ޓެލެފިލްމްސްގެ ޕްރޮޑަކްޝަންގެ ދަށުން ގެނެސްދޭ ފިލްމެކެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުން މި ފިލްމަށް ކުރަން ޖެހުނު ޚަރަދު އަނބުރާ ހޯދުމަށް މަދުވެގެން އަށް ކްރޯޑު ރުޕީސް ބޮކްސް އޮފީހުގައި ލިބެން ޖެހޭނެއެވެ.

”އޭކް ވިލަން ރިޓާންސް“ ބެލުންތެރިންނާ ހަމައަށް ގެނައުމާއި ހަމައަށް ގާތްގަނޑަކަށް 80 ކްރޯޑު ރުޕީސް ހޭދަކޮށްފައިވާ ކަމަށް ބޮލީވުޑްގެ ނޫސްތަކުން ބުނެ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top