ނިމި ދިޔަ ޖުލައި މަހު 19ގައި އަދުނާން ސާމީ އޭނާގެ އިންސްޓަގްރާމުގައި ހުރި ހުރިހައި ޕޯސްޓެއް ޑިލީޓްކޮށް ”އަލްވިދާ“ ޖަހާފައި ވީޑިއޯއެއް ޕޯސްޓްކުރުމުން ހައިރާންވެގެން އުޅުނު ފަރާތްތަކަށް އަދުނާން ސާމީ މިވަނީ ހަމަ ހަޤީޤަތުގައިވެސް ”އަލްވިދާ“ ކިޔައިދީފަ އެވެ. ނަމަވެސް އެއީ ބައެއް ސަޕޯޓަރުންނަށް ހީކުރެވުނު ގޮތާ ތަފާތު ”އަލްވިދާ“ އެކެވެ.
ރާއްޖޭގެ ހިތްގައިމު މާހައުލުގައި ޗުއްޓީހޭދަކޮށްލުމަށްފަހު އަދުނާން ސާމީ އިންސްޓަގްރާމުގައި ހިންގި އާދަޔާޚިލާފު ހަރަކާތުގެ ސަބަބުން މިއުޒިކީ ދާއިރާއާ އަދުނާން ސާމީ އަލްވަދާއު ކިޔަން އުޅޭކަމަށް ހީވެފައިވަނިކޮށް ޖުލައި 28 ގައި އޭނާ މިވަނީ ”އަލްވިދާ“ގެ ނަމުގައި ހިތްގައިމު ލަވައެއް އެހުންތެރިންނާ ބެލުންތެރިންނަށް ދޫކޮށްލާފަ އެވެ.
ސަރެގަމަ މިއުޒިކް މެދުވެރިކޮށް ނެރެފައިވާ ވީޑިއޯ ލަވައަށް ހަފުތާއެއްގެ ތެރޭގައި 10 މިލިޔަން ވިއުޒްއަށް ވުރެން ގިނައިން ލިބިފައިވާކަން ފާހަގަކޮށް އަދުނާން ސާމީގެ ރަސްމީ ފޭސްބްކް ޕޭޖް މެދުވެރިކޮށް މިއަދު ޕޯސްޓެއް ކޮށްފައިވެ އެވެ.
އަދުނާން ސާމީގެ ”އަލްވިދާ“ ޔޫޓިއުބް ލިންކް
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




