މިދިޔަ މެއި މަހު ރިލީޒްކޮށް ބޮޑު ކާމިޔާބެއް ހޯދި ފިލްމު ”ބޫލް ބުލައްޔާ2“ އަށްފަހު ކާތިކް އާރްޔަން އާއި ކިއާރާ އަދްވާނީ އަނެއްކާވެސް ފިލްމަކަށް ސޮއިކޮށްފިއެވެ.
”ސަތިޔަޕްރޭމް ކީ ކާތާ“ ގެ ނަން ދީފައިވާ މި ފިލްމާއި ގުޅޭ މާގިނަ މަޢުލޫމާތެއް ހާމަކޮށްފައި ނުވާއިރު، މިއީ ލޯބީގެ އަސަރުގަދަ ފިލްމެއް ކަމަށްވެއެވެ. ކުރިން ”ސަތިޔަ ނާރަޔަން ކީ ކާތާ“ ގެ ނަމުގައި މިދިޔަ އަހަރު އިޢުލާންކުރި މި ފިލްމުގެ ނަމާއި ގުޅިގެން ދޭތެރޭ ޖެހުނު މައްސަލައެއްގައި ކަބަޑަށް ލުމުން މި ފިލްމު ދެން ނުހަދާނެކަމަށްވެސް އަޑު ފެތުރުނެވެ.
”ސަތިޔަޕްރޭމް ކީ ކާތާ“ ޑައިރެކްޓް ކުރާނީ2019 ގެ މަރާޓީ ފިލްމު ”އަނަންދީ ގޯޕާލް“ އިން ނެޝަނަލް އެވޯޑް ހޯދާފައިވާ ޑައިރެކްޓަރު ސަމީރް ވިދްވަންސްއެވެ. މިއީ އޭނާ ޑައިރެކްޓްކުރާ ބޮލީވުޑްގެ ފުރަތަމަ ފިލްމުކަންވެސް ފާހަގަކޮށްލެވެއެވެ. ޕްރޮޑިއުސްކުރަނީ ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ސާޖިދު ނާދިއާޑްވާލާގެ ފިލްމު ކުންފުނި ނާދިއާޑްވާލާ ގްރޭންޑްސަން އެންޓަޓެއިންމެންޓާއި ނަމާހް ޕިކްޗާރސް ގުޅިގެންނެވެ.
”ސަތިޔަޕްރޭމް ކީ ކާތާ“ ގެ އިތުރުން ކާތިކްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ”ފްރެޑީ“، ”ޝެހެޒާދާ“ އަދި ކަބީރް ޚާންގެ ނަން ހާމަނުކުރާ ފިލްމެއް ހިމެނެއެވެ. އަދި ”ޖުގްޖުގް ޖީޔޯ“ ގެ ބަތަލާ ކިއާރާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ”ގޯވިންދާ މެރަ ނާމް“، ”ސަތިޔަޕްރޭމް ކީ ކާތާ“ އަދި ތެލުގޫ ޕޮލިޓިކަލް ޑްރާމާ ފިލްމު ”އާރްސީ15“ ހިމެނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




