ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓް ކޮށްފައިވާ ސަސްޕެންސް ތުރިލާ ’ދެވަންސޫރަ‘ އާއިއެކު ބައިލައްކަ ރުފިޔާގެ އަގުހުރި ސައިކަލެއް ހޯދުމުގެ ފުރުސަތު، ޓިކެޓް ގަންނަ ކޮންމެ މީހަކަށްވެސް ހުޅުވައިލެވިފައިވާކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެފި އެވެ. ފެބްރުއަރީ މަހުގެ 06 ވަނަ ދުވަހުގެރޭ އޮލިމްޕަސް ސިނަމާގައި ’ދެވަންސޫރަ‘ ޕްރިމިއަރ ކުރުމަށް ވަނީ ނިންމާފަ އެވެ.
އަޙްމަދު ޝާހް އަލީ މުނިއަވަސް އަށް ބުނީ ފިލްމުގެ ޓިކެޓް ގަންނަ ހުރިހައި ފަރާތެއް ލަކީ ޑްރޯއެއްގައި ހިމެނޭނެ ކަމަށާއި އިނާމަކަށް ހުށައަޅާފައިވަނީ ބައިލައްކަ ރުފިޔާގެ އަގުހުރި ސައިކަލެއް ކަމަށެވެ. އަދި މި ސައިކަލް ހިމެނޭ ލަކީޑްރޯ ގައި ވިއްކާ ކޮންމެ ޓިކެޓެއް ހިމެނޭނެ ކަމަށްވެސް ޝާހް ބުންޏެވެ. އެހެންކަމުން ފިލްމުގެ އެންމެ ފަހު ޝޯ އާއި ހަމައަށް ވިއްކާ ހަމަ ކޮންމެ ޓިކެޓެއް ބޭއްވުމަކީ ލަކީޑްރޯ ކާމިޔާބުކުރާ ފަރާތް އިއުލާނު ކުރަންދެން މުހިންމު ކަމެއް ކަމަށް ފާހަގަކޮށްލެވެ އެވެ.
ޔޫއްޕެ ލިޔެ، ޑައިރެކްޓްކުރާ މި ފިލްމަކީ ޢަލީ ޝާހް، މުޙައްމަދު ފައިސަލް އަދި ޢަލީ ޝަޒްލީމް ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގައި ޔޫއްޕެ މުހިއްމު ރޯލެއް ވެސް ކުޅެފައިވެ އެވެ. މިއީ ޔޫއްޕެގެ އަސްލު ޖޮންރާ ކަމަށްވާ ސަސްޕެންސް، ތްރިލާ އަދި ހޮރޯ ހިމެނިފައިވާ ފިލްމެކެވެ.
’ދެވަންސޫރަ‘ އިގެ އަންހެން ލީޑް ކުޅެފައިވަނީ އަލަށް ތައާރަފުވާ މަރިޔަމް ޝިފާ އެވެ. އިތުރު ކާސްޓުންގެ ތެރޭގައި އިބްރާހިމް ޖިހާދު (ޖިމީ)، މުހައްމަދު ފައިސަލް، އަލީ އާޒިމް (ދޮންއައްޔަ)، ފާތުމަތު އާޒިފާ (އަޒޫ)، އަހުމަދު ސައީދު، އަލީ ޝަޒްލީމް، އަހުމަދު އީސަ (އާނަންދު) ޖާދުﷲ އިސްމާއީލް (ޖާދު) އަދި ނާޝިދާ މުހައްމަދު (ނާއްކޮ) އާއި ޝަކިއްތަ ފަދަ އެކްޓަރުން ހިމެނެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- ޢަލީ އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖުލައި 2025ޚަބަރު”ކަނބުލޮ“ ފިލްމުގެ ޓިކެޓް ބުކްކުރަން ހުޅުވާލައިފި
- 11 ޖުލައި 2025ޚަބަރުލޯބިން…؟ ހާދަ ވަރެއް؟
- 8 އޭޕްރިލް 2025ޚަބަރު”ސޮރީ“ ގެ ރަސްމީ ޓްރެއިލާ މިރޭ ނެރެނީ!
- 7 އޭޕްރިލް 2025ޚަބަރު”ލޯބިން“ އަށް އައު މޫނުތަކެއް ހޯދުމަށް ހޮވެއްޔެއް!




