ޕާކިސްތާން ޑްރާމާ ސިލްސިލާ ”ދަރާރް“ މި ހިނގާ އޮގަސްޓް މަހުގެ 10 ގައި ދައްކަން ފަށާގޮތަށް ހަމަޖައްސައިފިއެވެ.
ސައިދު ޖިބްރާން، އަމަރް ޚާން އަދި މޫމަލް ޝެއިޚް އިސް ރޯލުތަކުން ފެނިގެންދާ ”ދަރާރް“ ގެ މައިގަނޑު އެހެން ރޯލުތަކުން ފެނިގެންދާ ތަރިންގެ ތެރޭގައި ބެހެރޯޒް ސަބްޒްވާރީ، ޝާހީން ޚާން، ސަބީހާ ހަޝްމީ، ސީމީ ޕާޝާ، ހަމްޒާ ތާރިޤް، އަކްބަރް އިސްލާމް، ހީރާ ޝައިޚް، އުމަރް އިޤްބާލް އަދި ޒަހްރާ އަބީދީ ފަދަ ތަރިން ހިމެނެއެވެ.
ތިނެސްކަން ލޯބީގެ ކަންތައްތަކެއް ދައްކުވައިދޭ ”ދަރާރް“ ގައި ލޯތްބާއި ހަސަދައާއި ހިތްދަތިކަމާއި ނޭވާ ހިފަހައްޓާލަން ޖެހޭ އެތައް ކަންތައްތަކެއް ފެނިގެންދާނެކަމަށް ޚަބަރުތައް ބުނާއިރު، ދިރިއުޅުމުގައި އެޅޭ ކަތި ފިޔަވަޅަކުން މުޅި ދިރިއުޅުން ބަދަލުވެގެން ދާގޮތްވެސް ދައްކުވައިދޭނެކަމަށް ވެއެވެ.
ޢަބްދުﷲ ކަދްވާނީ އާއި އަސަދު ޤުރޭޝީގެ ސެވެންތު ސްކައި އެންޓަޓެއިންމެންޓުން ޕްރޮޑިއުސްކުރާ ”ދަރާރް“ ގެ ވަރަށް ޝައުޤުވެރި ޓްރެއިލާތަކެއް ދައްކާލާފައިވާއިރު، ސެވެންތު ސްކައި އެންޓަޓެއިންމެންޓަކީ ޕާކިސްތާނުގެ އެންމެ ކާމިޔާބު އެއް ޕްރޮޑަކްޝަން ހައުސްކަން ފާހަގަކޮށްލެވެއެވެ.
”ދަރާރް“ ގެ ސްކްރީންޕްލޭ ލިޔެދީފައިވަނީ ”އިޝްޤް ތަމާޝާ“، ”ރަމްޒީ އިޝްޤް“ އަދި ”ބަދްޒާތު“ ފަދަ ހިތްގައިމު ޑްރާމާތަކެއް ލިޔެދީފައިވާ މިސްބާހް ނައުޝީންއެވެ. ޑައިރެކްޓްކުރީ ”މުޤައްދަރް“، ”ސަފަރް ތަމާމް ހުވާ“ އާއި ”ދިލޭ މޫމިން“ ފަދަ މަޤުބޫލު ޑްރާމާތަކެއް ގެނެސްދީފައިވާ ޝެހެރަޒާދޭ ޝެއިޚްއެވެ.
އަންނަ ހަފުތާގެ ބުދަ ދުވަހުގެ ރޭ ޖީއޯ ޓީވީއިން ”ދަރާރް“ ދައްކަން ފަށާއިރު، ޑްރާމާގެ އެޕިސޯޑްތައް ގެނެސްދިނުމަށް ނިންމާފައިވަނީ ކޮންމެ ބުދަ އަދި ބުރާސްފަތި ދުވަހެއްގެ ރޭ ރާއްޖެ ގަޑިން 20:00 ގައެވެ. އަދި ޖީއޯ ޓީވީގެ ރަސްމީ ޔޫޓިއުބް ޗެނަލް، ހަރްޕަލް ޖީއޯ އިންވެސް މި ޑްރާމާގެ އެޕިސޯޑްތައް ބަލައިލެވޭނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




