މޯލްޑިވްސް ފިލްމް އެސޯސިއޭޝަން (އެމްއެފްއޭ)ގެ ހިންގާކޮމެޓީގެ ބޯޑަށް އަލަށް އިންތިޚާބުވެވަޑައިގަތް ބޭފުޅުންނާ މިނިސްޓަރ ޔުމްނާ މަޢުމޫން ބައްދަލު ކުރައްވައި މަރުހަބާ ވިދާޅުވެއްޖެ އެވެ.
މި ބައްދަލުވުމުގައި މޯލްޑިވްސް ފިލްމް އެސޯސިއޭޝަނަށް އަލަށް އިންތިޚާބުވި ބޯޑާއިއެކު ފިލްމީ ދާއިރާގެ ކުރިއެރުމަށް ކުރެވިދާނެ މަސަތްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށް ފަންނާއި، ސަގާފަތާއި ތަރިކައިގެ ވުޒާރާއިން ހާމަކުރައްވަ އެވެ.
މި ބައްދަލުވުމުގައި އެމްއެފްއޭ ބޯޑުގެ ޗެއާޕާސަން ޝިވާޒް ޢަބްދުﷲ (މާސްކޭ)، ވައިސް ޗެއާޕާސަން ޢާމިރާ އިސްމާޢީލް، ޖެނެރަލް ސެކްރެޓަރީ މުޙައްމަދު މަނިކް، ޚަޒާންދާރު ޖާދުﷲ އިސްމާޢީލް، ބޯޑު މެންބަރު އަމްޖަދު އިބްރާހީމް، ބޯޑު މެންބަރު އިބްރާހީމް ރިޔާޒް ބައިވެރިވި އެވެ. މީގެ އިތުރުން ފަންނާއި، ސަގާފަތާއި ތަރިކައިގެ ވުޒާރާގެ އެކިއެކި މުއައްސަސާތަކުގެ އިސް ބޭފުޅުން ބައިވެރިވެލެއްވި އެވެ.

އެމްއެފްއޭ ބޯޑާއި މިނިސްޓަރ ޔުމްނާ ބައްދަލުކުރެއްވުން – ފޮޓޯ: އާޓްސް މިނިސްޓްރީ
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




