އިބްރާހީމް ވިސާން (ކަނޑި) ޑައިރެކްޓްކޮށް އޯކޭޒް އިންކް އިން އުފައްދާފައިވާ ވެބް ސީރީޒް “ގުދަން” އޯގަަސްޓް 21ގައި ދައްކަން ފަށާނެ ކަމަށް ބައިސްކޯފުން ބުނެފި އެވެ.
މިއީ ތީމެއްގެ ގޮތުގައި ‘ލަދުވެތިކަން’ ދައްކައިދޭނެ ސީރީޒެއް ކަމަށާ މީގެ އިތުރުން ބާރެއްނެތި އުޅެން ޖެހުމުން ދިރިއުޅުމުގެ ކަންކަމަށް އަސަރުފޯރުވާ ގޮތާއި އެފަދަ ކަންކަމާމެދު އިހުމާލުވުމުން ދެން ކަންތަައްތައް ބަދލުވެގެންދާ ގޮތް ފެނިގެންދާނެ ސީރީޒެއް ކަމަށް “ގުދަން” ސީރީޒްގެ ކޮންސެޕްޓް ނެރުނު މުޙައްމަދު މުންތަސިރު (މުންކޮ) ބުނެ އެވެ.
“އަހަރުމެންނަކީ ކޮން ބައެއްކަން އެނގޭނީ ކޮންމެވެސް މީހަކު އެކަން ފާހަގަކުރުމުން.” ވެބް ސީރީޒް “ގުދަން”ގެ އިތުރު މަޢުލޫމާތެއް މުނިއަވަސް އަށް ދެމުން މުންކޮ ފާހަގަކުރި އެވެ.
ވެބް ސީރީޒް “ގުދަން”ގެ ސްކްރީންޕްލޭ ލިޔުނީ މަހްދީ އަޙްމަދުއެވެ. މި ސީރީޒުގެ މުހިންމު ކެރެކްޓާތަކުން ރަވީ ފާރޫގު، މުޙައްމަދު އަފްރާހް ފެނިގެންދާއިރު، ހުރިހާ މުހިންމު ކެރެކްޓާތައް ހިމެނޭ ޕޯސްޓަރެއް މިއަދު ބައިސްކޯފުން އާއްމުކޮށްފައިވެ އެވެ.
ބައިސްކޯފުން އާއްމުކޮށްފައިވާ ޓްރެއިލަރއިން ގިނަ މޫނުތަކެއް ފެނިގެންދާއިރު، މިއީ ގުދަނެއްގެ ތެރޭގައި ހިނގާ ހާދިސާތަކެއްގެ ދައްކުވައުދޭނެ ސީރީޒެއްކަމަށް ބެލެވެ އެވެ. މި ސީރީޒްގެ އައު ޓްރެއިލާއެއް ބައިސްކޯފު ފޭސްބްކް ޕޭޖްގައި މިއަދު ރިލީޒްކޮށްފައިވެ އެވެ.
Gudhan — premiering on 21st Aug only on #baiskoafu @orkeyzinc pic.twitter.com/jrTQvuq5ua
— Baiskoafu (@baiskoafu) August 18, 2022
#gudhan 21st August 2022 pic.twitter.com/RZYZu6pdOH
— Orkeyz Inc (@orkeyzinc) August 18, 2022
