ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބި، އެ ސީރީޒްގެ އައު އެޕިސޯޑަކަށް އިންތިޒާރުކުރަމުން އަންނަ އައިފިލްމްސްގެ “ބިރުވެރި ވާހަކަ”އިގެ ކުރިއަށް އޮތް 04 އެޕިސޯޑްގެ ޓްރެއިލާ މިމަހު 05ވަނަ ދުވަހު އާއްމުކޮށްފި އެވެ. އާއްމުކޮށްފައިވާ ޓްރެއިލާއިން ގިނަ ތަރިންތަކެއް ފެނިގެންދެއެވެ. މި ސީރީޒްގެ 09 ވަނަ އެޕިސޯޑް މިމަހު 09 ވަނަ ދުވަހުގެ ރޭ ދިރާގު ޓީވީން ސްޓްރީމްކުރަން ފަށާނެ އެވެ.
“އައްސަލާމު ޢަލައިކުމް. ކޮންމެ ހުކުރުވިލޭރޭގެވެސް މި ގަޑީގަ ގެނެސްދޭ ބިރުވެރި ވާހަކަ ޕްރޮގްރާމަށް އެހުންތެރިންނަށް މަރުޙަބާ. މިރޭވެސް އެހެން ރޭތަކެކޭ އެއްފަދައިން ޙަޤީޤީ ބިރުވެރި ވާހަކައެއް ގެނެސްދޭނަން.” ވެހިކަލްއެއްގެ ރޭޑިއޯ ސެޓުގެ ވޮލިއުމް ބާރުކޮށްލާ މަންޒަރާއެކު މި އަޑުކޮޅު އިވިގެންދެ އެވެ. އެ އަޑުތައް އިވެމުންދާއިރު، މި ސީރީޒްގެ ކުރިއަށްހުރި އެޕިސޯޑުތަކުގެ ބައެއް މަންޒަރުތައް ދައްކަމުންދެ އެވެ. މި ޓްރެއިލާއިން، ކުރީގެ އެޕިސޯޑްތަކުން ފެނިފައިވާ ނުވާ ބައެއް ތަރިން ފެނިގެންދާއިރު، މަޝްހޫރު ތަރިން ކަމަށްވާ އަޙްމަދު އާސިމް އަދި ޢަބްދުﷲ މުއާޒު ފެނެއެވެ.
ބިރުވެރި ވާހަކަ ސީރީޒްގެ 03 ވަނަ މެއިން ޓްރެއިލާ ރިލީޒްކުރުމަށްފަހު މުނިއަވަސް އަށް މަޢުލޫމާތު ދެމުން އައިފިލްމްސް އިން ބުނީ ސެޕްޓެމްބަރު 09ގައި ބިރުވެރި ވާހަކައިގެ 09ވަނަ އެޕިސޯޑް ދައްކާނެ ކަމަށެވެ.
“އިތުރު އެޕިސޯޑެއް ނުގެސްދެވި ލަސްވީ ކުރިއަށް ހުރި އެޕިސޯޑްތަކުގައި ވަރަށް ގިނަ ވިޝުއަލް އިފެކްޓްތައް ހިމެނޭތީ.” މި ސީރީޒަށް އިންތިޒާރުކުރަމުން އަންނަ ފަރާތްތަކުގެ ހިތުގައި އުފެދިފައިވާ ސުވާލުގެ ޖަވާބުދެމުން މި ސީރީޒް ލިޔެ ޑައިރެކްޓްކުރާ އިލްޔާސް ވަހީދު (އިއްލެ) ބުންޏެވެ.
ބިރުވެރި ވާހަކަ ސީރީޒުން އެންމެ ފަހުން ދައްކާފައިވަނީ “ހަނީމޫން” އަދި “ޖާދޫގަރު”ގެ ނަމުގައި ގެނެސްދީފައިވާ ދެ އެޕިސޯޑެވެ. ސުޕަނެޗްރަލް ކަންތައްތަކެއް ފެނިގެންދާ މި ސީރީޒްގެ އެޕިސޯޑްތައް ދިރާގު ޓީވީ އަދި ދިރާގު ވީޑިއޯ އޮން ޑިމާންޑް ޕްލެޓްފޯމް މެދުވެރިކޮށް ބަލައިލެވެން ހުންނާނެ އެވެ.
ހުނަރުވެރި މޭކަޕް އާޓިސްޓް ރުޠުބާ އަޙްމަދުގެ އާދަޔާޚިލާފަށް މޮޅު މޭކަޕާއި އޯކޭޒް އިންކް ސްޓޫޑިއޯގެ ހުނަރުވެރި ޓީމާއި އެކުގައި އައިފިލްމްސްގެ ޓީމުން އުފައްދައި ގެނެސްދެމުން އަންނަ ކޮންމެ އުފެއްދުމަކީ ދިވެހި ފިލްމަށް ލޯބިކުރާ ފަރާތްތަކަށް ލިބިގެންދާ ހިތްގައިމު އުފެއްދުންތަކެއްކަން ފާހަގަކޮށްލެވެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!