ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ރަށް” ބަލައިފިންތަ؟

އައިފިލްމްސް އިން އުފައްދައި ގެނެސްދެމުން އަންނަ ސުޕަނެޗުރަލް ވެބް ސީރީޒް ‘ބިރުވެރި ވާހަކަ’އިގެ 10 ވަނަ އެޕިސޯޑް “ރަށް” ބަލައިފިން ހެއްޔެވެ؟ މި އެޕިސޯޑް ބެލުމުގެ ކުރިން އެޕިސޯޑް 07 އަދި 08 ހަމަ ކޮންމެހެންވެސް ބަލައިލަން ޖެހެއެވެ.

މި އެޕިސޯޑު ފެށެނީ މި ސީރީޒްގެ އެޕިސޯޑް 07 އަދި 08ގެ ރީކޭޕް އަކާއެކުގައެވެ. މައިގަނޑު ގޮތެއްގައި 10ވަނަ އެޕިސޯޑް ބިނާވެފައިވަނީ ލީޝް (ރިޝްމީ ރަމީޒް)، އަދި ސަބާ (ނުޒުހަތު ޝުޢައިބް)ގެ މައްޗަށެވެ. ކުރިން މި ބުނި ދެ އެޕިސޯޑުގައި ކިޔައިދިން ވާހަކަ، ވަށާޖެހި އެ ވާހަކައަށް ނިމުން ގެނެސްދެނީ މިފަހަރުގެ އެޕިސޯޑުންނެވެ.

ނިޔާޒް (އަޙްމަދު އާސިމް)، ޖަލީލް (ޢަލީ ޔޫޝަޢު)، އަޒާން (ޝަރަފް ޢަބްދުﷲ)، ލަހޫ (މަރްޔަމް އައްޒަ)، ޒާހިރު (އަޙްމަދު ސަޢީދު)، ނިޝާ (ޢާއިޝަތު ނަތާޝާ ޖަލީލް) މައިގަނޑު ތަރިންގެ ގޮތުގައި ފެނިގެންދާ މި އެޕިސޯޑުން ފެންވަރު ރަނގަޅު ސްޕެޝަލް އިފެކްޓަކެއް ފެނިގެންދާއިރު، ހުރިހައި ތަރިންގެ އެކްޓިންވެސް މޮޅުކަން ފާހަގަކޮށްލެވެ އެވެ.

މި އެޕިސޯޑުން ފެނިގެންދާ ހުނަރުވެރި ވީއެފްއެކްސްގެ މަސައްކަތްކޮށްފައިވަނީ ޒުވާން އާޓިސްޓެއް ކަމަށްވާ ޝަމްވީލް ޝަރީފު (ވީލް) އެވެ.

މި ސީރީޒްއަކީ އިލްޔާސް ވަހީދު ލިޔެ ޑައިރެކްޓްކޮށް ގެނެސްދޭ ސީރީޒެކެވެ. އާސިމް ޢަލީ ޕްރޮޑިއުސްކޮށްފައިވާ މި ސީރީޒްގެ ޕްރޮޑަކްޝަން މަސައްކަތް ކުރަނީ އައިފިލްމްސް އަދި އޯކޭޒް އިންކް ޓީމުންނެވެ. ސީރީޒްގައި ފެނިގެންދާ ޚާއްޞަ މޭކަޕްތަކަކީ ރުޠުބާ އަޙްމަދުގެ ހުނަރުވެރި މަސައްކަތެކެވެ.

މި ސީރީޒްގެ ވަރުގަދަ އަދި އެހާމެ ތަފާތު ޓައިޓްލް ލަވައަކީ އިބްރާހީމް ނިޔާޒްގެ ޅެންވެރިކަމާއި އޭނާގެ އަމިއްލަ ރާގެއް ހިމެނޭ ލަވައެކެވެ. ލަވަ ކިޔާފައިވަނީ ރާއްޖޭގެ ފުންނާބުއުސް ލަވަކިޔުންތެރިޔާ ޢަބްދުއްސަމީޢު އަދި އަންދަލާ ޙަލީމެވެ. މިއުޒިކީ ހެދީ އައްފާނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

ފަހުގެ ޚަބަރު
Home
Menu
Search
Back to top