އެ ލަވައެއް ނެރޭނެ ވަގުތަކަށް ގިނަ ބަޔަކު އިންތިރާޒުކުރަމުން އަންނަ ލަވަ ’ރަސިޔާ‘ ސެޕްޓެމްބަރު 24ގައި ނެރެން އުޅޭތީ ފިލްމު ”ބްރަޙްމާސްތުރާ“ގެ ފޭނުން ތިބީ ކެތްމަދުވެފަ އެވެ.
”ބްރަޙްމަސްތުރާ“ ރިލީޒް ކުރުމުގެ ކުރިން ޑައިރެކްޓަރ އަޔާން މުކަރްޖީ ވަނީ ފިލްމުގެ ހުރިހާ ލަވައެއް ރިލީޒްކުރާނެ ކަމަށް އިއުލާންކޮށްފައެވެ. މީގެ ކުރިން ރިލީޒްކޮށްފައިވާ ދެލަވަ ކަމަށްވާ ’ދޭވާ ދޭވާ“ އަދި ’ކޭސަރިޔާ‘ އަށް ވެސް ފޭނުންގެ ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ.
އަޔާން ވަނީ ”ރަސިޔާ“ ލަވަ ރިލީޒްކުރާނެ ތާރީޚު އިންސްޓަގްރާމް މެދުވެރިކޮށް ހާމަކޮށްފަ އެވެ. އެ ޕޯސްޓްގައި އޭނާ ލިޔެފައިވަނީ ”ރަސިޔާ… މާދަމާ ރިލީޒްކުރަނީ. ޕްރިތަމް ދާދާ، ރަސިޔާ ކޮމްޕޯސް ކޮށްފައިވަނީ ބްރަޙްމާސްތުރާގައި ޝިވާ އާއި އީޝާ އަށް ލޯބި ތީމެއްގެ ގޮތުގައި!“
”ރަސިޔާގެ މައިގަނޑު ރާގަކީ މި ފިލްމުގައި އެކި ގޮތްގޮތަށް ބޭނުންކޮށްފައިވާ ރާގެއް.“ އަޔާން އިތުރަށް ބުނެފައިވެ އެވެ.
View this post on Instagram
’ރަސިޔާ‘ ނެރޭނެ ވަގުތަކަށް ބެލުންތެރިން ދިގު އިންތިޒާރެއް ކުރަން ޖެހުނީތީ މަޢާފަށް އެދެމުން އަޔާން ބުނީ އެ ލަވައިގެ އެތަކެއް ވާރޝަންތަކެއް ތައްޔާރުކޮށްފައިވާނެ ކަމަށެވެ. އަޔާން ބުނީ މި ފިލްމުގެ ހުރިހައި ލަވަތައް އަންނަ މަހު 05ގެ ކުރިން ރިލީޒްކޮށް ނިންމާނެ ކަމަށެވެ.
މިމަހު 09ގައި ބޮކްސް އޮފީހުގައި ރިލީޒްކުރި މި ފިލްމުގެ ލީޑްގައި ރަންބީރް ކަޕޫރު، އާލިއާ ބަޓް އަދި އަމީތާބު ވެސް ހަރަކާތްތެރިވެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




