ބައިސްކޯފުގެ ޕްރީމިއަމް ކޮންޓެންޓް ބަލަމުން އަންނަ ފަރާތްތަކުން މިވަގުތު އެ ސީރީޒަކަށް އެންމެ އިންތިޒާރުކުރަމުން އައި ސީރީޒް “ނެތީމޭ”ގެ ފުރަތަމަ އެޕިސޯޑު މިރޭ ޕްރިމިއާކޮށްފި އެވެ.

ޝާރިފް އަދި ޝިޔާ ލީޑުން ފެނިގެންދާ މި ސީރީޒަކީ މޫމިން ފުއާދު ލިޔެ ޑައިރެކްޓްކޮށްފައިވާ ސީރީޒެކެވެ. މީގެ އިތުރުން މުހިންމު ރޯލުތަކުން ކޮޕީ އިއްސެ، ނަތާޝާ، ޝަކިއްތަ އަދި އިސްމާޢީލް ޒާހިރު ވެސް ފެނިގެންދާނެ އެވެ.

މިރޭ ރިލީޒްކޮށްފައިވާ ފުރަތަމަ އެޕިސޯޑުން މި ސީރީޒްގެ މުހިންމު ތަަރިންގެ ތަޢާރަފެއް ދައްކުވައިދެ އެވެ. އަދި އައު އެޕާޓްމަންޓަކަށް ބަދަލުވާ ދެމަފިރިއެއްގެ ހަޔާތް ދައްކުވައިދޭއިރު އެމީހުންގެ ދެމެދުގައި އޮތް ގުޅުމުގެ މިންވަރެއްވެސް މި އެޕިސޯޑުން ހާމަވެ އެވެ.

އިޖްތިމާޢީ މައްސަލަތަކެއް ފެނިގެންދާނެ ލޯބީގެ ކްރައިމް ތުރިލާ “ނޭތީމޭ” ސީރީޒްގެ ސިނަމޮޓޮގްރަފީ ހެދީ ޙުސައިން އަދުނާން އެވެ. އެޑިޓިން ހެދީ އަޒްމީ އެވެ. މި އުފެއްދުމުގައި އަޒްމީގެ ވިޝުއަލް އިފެކްޓްސްގެ މަސައްކަތްވެސް ފެނިގެންދާނެ އެވެ. ސީރީޒްގެ ބެކް މިއުޒިކް ހެދީ ފަތޯ އެވެ. މީގެ އިތުރުން ޕައިޑޭގެ ލަވައެއްވެސް މި ސީރީޒްގައި ހިމެނޭނެ އެވެ. މޭކަޕް ހެދީ ސޭންޑީ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.