ޕާކިސްތާނު އެކްޓަރު ސާމީ ޚާން ލީޑް ރޯލުން ފެނިގެންދާ ފިލްމު ”ޔާރާ ވޭ“ ރިލީޒްކުރާ ތާރީޚު އިޢުލާނުކޮށްފިއެވެ.
ތިނެސްކަން ލޯބީގެ ވާހަކައެއް ކިޔައިދޭ ”ޔާރާ ވޭ“ ގެ އިސް ރޯލުތަކުން ފެނިގެންދާނީ ސާމީ ޚާން، އަލީޒޭ ނަސީރް އަދި ފައިޒާން ޚަވާޖާއެވެ. މައިގަނޑު ރޯލުތަކުން ފެނިގެންދާ އިތުރު ތަރިންގެ ތެރޭގައި މަރީނާ ޚާން، ޖާވިދު ޝެއިޚް، ޢަލީ ސިކަންދަރް، އަސަދު ރާޒާ ޚާން އަދި ޕޫނަމް ވިޗާރޭ މޫރްތީ ފަދަ ތަރިން ހިމެނެއެވެ.
އަލްތިއާ ޑެލްމާސް ކޯޝާލް އާއި މާހްވާޝް އަޖާޒް ވާހަކައާއި ސްކްރީންޕްލޭ އަދި ޑައިލޮގްތައް ލިޔެފައިވާ ”ޔާރާ ވޭ“ ކެމެރާ ކުރީ އަނީކް ރާމް ވަރްމާއެވެ. އާތިފް ޢަލީ، ސަންޖީވް-އަޖޭ އަދި އަޔާޒް ސޯނޫ މިއުޒިކް ތައްޔާރުކޮށްދީފައިވާ މި ފިލްމު ޑައިރެކްޓްކުރީ އަލަށް ފިލްމު ޑައިރެކްޝަނަށް ނުކުންނަ މަނީޝް ޕަވަރްއެވެ.
”ޔާރާ ވޭ“ ގެ ރަސްމީ ޓްރެއިލާ އާއި ލަވަތައްވެސް ޔޫޓިއުބްގައި އާންމުކޮށްފައިވާއިރު، ގިނަ ބަޔަކު ވަނީ ޓްރެއިލާ އާއި ލަވަތަކަށް ވަރަށް ބޮޑަށް ތަޢުރީފުކޮށްފައެވެ. ޖުމްލަ 7 ލަވަ ހިމެނޭ މި ފިލްމުގެ ލަވަތައް ކިޔައިދީފައިވަނީ އާތިފް ޢަލީ، ނިޝީތާ ޗާލްސް، ރާހަތު ފަތޭހް ޢަލީ ޚާން، ސްވަރްޖީތު ސިންގ، ޕަލަކް ރަންކާ، ޝުމައިލާ ރެހެމަތު އަދި ރާހުލް ޖެއިންއެވެ.
https://www.youtube.com/watch?v=rw4Uhjw7h34
ދުބާއީގެ ބީލައިން ޕްރޮޑަކްޝަންސް ކުޑައިގެ ދަށުން ގެނެސްދޭ ”ޔާރާ ވޭ“ އަކީ ކުރިން މިދިޔަ ސެޕްޓެމްބަރު މަހުގެ 16 ގައި ރިލީޒްކުރަން ނިންމި އުރްދޫ-ހިންދީ ފިލްމެކެވެ. ނަމަވެސް ބައެއް ސަބަބުތަކާއި ގުޅިގެން ފަސްކުރި ”ޔާރާ ވޭ“ ރިލީޒްކުރަން މިހާރު ތާވަލުކޮށްފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 11 ގައި ސިނަމާތަކުގައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




