ޕާކިސްތާން ޑްރާމާ ސިލްސިލާ ”ފަރަޤް“ މާދަމާ ރޭ (31 އޮކްޓޯބަރު) ގައި ފަށަން ނިންމައިފިއެވެ.
ޕްރޮމޯތައްވެސް ދައްކަމުން އަންނަތާ ދުވަސްކޮޅެއް ވެފައިވާ ”ފަރަޤް“ ގެ އިސް ރޯލުތަކުން ފެނިގެންދާނީ ފައިސަލް ޤުރޭޝީ، ސެހެރް ޚާން އަދި އަދީލް ޗޯދަރީއެވެ. މި ޑްރާމާގެ މައިގަނޑު ރޯލުތަކުން ފެނިގެންދާ އިތުރު ތަރިންގެ ތެރޭގައި ޖަވޭރިއާ އައްބާސީ، ރައީދު އަލަމް، ސަބާ ޝާހް، އާދީ ޚާން، މެހްމޫދު އަސްލަމް އަދި ސަބީހާ ހަޝްމީ ހިމެނެއެވެ.
ޝައުޤުވެރި ޕްރޮމޯތަކެއްވެސް ދައްކާލާފައިވާ ”ފަރަޤް“ ގައި ކިޔައިދޭނީ ފަޤީރު ކާރު ޑްރައިވަރެއްގެ ޒުވާން އަންހެން ދަރިއަކާއި އޭނާއަށްވުރެ އެތައް ތަނެއް ދޮށީ މުއްސަނދި ފިރިހެނަކާއި ކުރާ ކައިވެންޏަށްފަހު ކަންތައްތައް ވެގެންދާ ގޮތެވެ. އަދި މި ޑްރާމާގައި ލޯތްބާއި އޯގާތެރިކަމާއި ބޭވަފާތެރިކަން ވަރަށް ފުރިހަމައަށް ދައްކުވައިދޭނެކަމަށް ވެއެވެ.
ޢަބްދުﷲ ކަދްވާނީ އާއި އަސަދު ޤުރޭޝީގެ ސެވެންތު ސްކައި އެންޓްޓެއިންމެންޓުގެ ކުޑައިގެ ދަށުން ގެނެސްދޭ ”ފަރަޤް“ އަކީ ”ކަޝްފު (2020)“ އަދި ”ވެހެމް (2022)“ ފަދަ ޑްރާމާތައް ލިޔެދިން އިމްރާން ނަޒީރް ލިޔެދީފައިވާ ޑްރާމާއެކެވެ. ޑައިރެކްޓްކުރީ ”ނަމް (2013)“، ”ސުނޯ ޗަންދާ (2018)“، ”ޔޭ ދިލް މެރާ (2019)“ އަދި ”އޭ މުޝްތީ ޚާކް (2020)“ ފަދަ ހިތްގައިމު ޑްރާމާތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރ އަހްސަން ތަލީޝްއެވެ.
މާދަމާ ރޭ ޖީއޯ ޓީވީއިން ”ފަރަޤް“ ދައްކަން ފަށާއިރު، ޑްރާމާގެ އެޕިސޯޑްތައް ދައްކަން ހަމަޖައްސާފައިވަނީ ކޮންމެ ހޯމަ އަދި އަންގާރަ ދުވަހެއްގެ ރޭ ރާއްޖެ ގަޑިން 20:00 ގައެވެ. މީގެ އިތުރުން ޖީއޯ ޓީވީގެ ރަސްމީ ޔޫޓިއުބް ޗެނަލް ހަރްޕަލް ޖީއޯއިންވެސް ޑްރާމާގެ އެޕިސޯޑްތައް ބަލައިލެވޭނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




