ޕާކިސްތާނުގެ ހަރަކާތްތެރި އަދި އެހާމެ ސީނިއާ އެކްޓްރެސް ޢަތީޤާ އޮދޫ، ތުރުކީ ޑްރާމާ ސީރީޒަކުން ފެނިގެންދާނެ ކަމަށް އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ހާމަކޮށްފިއެވެ. މިއީ ޢަތީޤާގެ އަލަތު ތުރުކީ ޑްރާމާ ސީރީޒްކަން ފާހަގަކޮށްލެވެ އެވެ.
ދިވެހީންގެ ތެރޭގައި ޕާކިސްތާނު އަދި ތުރުކީ ސީރީޒްތަކަށް ބޮޑު މަޤުބޫލުކަމެއް ލިބިފައިވާއިރު، ޕާކިސްތާނު ސީރީޒްތަކުގެ މުހިންމު ރޯލުތަކުން ފެންނަ ހުނަރުވެރި އެކްޓްރެސް ޢަތީޤާ ފެނިގެން ދިއުމަކީ ހަމަ ގައިމުވެސް މި ދެބަހުގެ ސީރީޒްތަކަށް ލޯބިކުރާ ދިވެހި ފޭނުންނަށް ލިބިގެންދާނެ އުފާވެރި ޚަބަރަކަށް ވާނެ އެވެ.
ތުރުކީ ޑްރާމާތަކަށް ރާއްޖެއަށް ވުރެން މާބޮޑު ތަރުހީބެއް ޕާކިސްތާނުން ލިބިފައިވާއިރު، އުރުތުޣުލް ޣާޒީ، ކޮރޫލިޝް އުސްމާން، އިޝްޤް – އޭ – މުޙައްމަދު، ފަރީހާ އަދި އައޭޝާ ގުލް އަކީ އެންމެ ބޮޑަށް މަޤުބޫލުވެފައިވާ ޑްރާމާތައް ކަން ފާހަގަކޮށްލެވެއެވެ.
މަޝްހޫރު އެކްޓްރެސް ޢަތީޤާ ޤުލް ފެނިގެންދާނީ ތުރުކީ ޑްރާމާ ”ކޮޔޯ ބަޔާޒް“ އިންނެވެ.
މި ސީރީޒްގައި ޢަތީޤާގެ އިތުރުން، ތުރުކީގެ މަޝްހޫރު އެކްޓަރުން ކަމަށްވާ ނޭސާ ބްލޮކްބާޝީ، އަތަކާން ހޮގްރިން، އަތާބެޤް މޮހްސިން، އެބްރޯ އަކިލް ހިމެނެއެވެ.
View this post on Instagram
ތުރުކީގެ ޕްރޮޑްކްޝަން ހައުސްއަކުން އުފައްދާ ސީރީޒްގެ ފޮޓޯއެއް ހިއްސާކުރަމުން ޢަތީޤާ އޭނާގެ ފޭނުންނަށް ބުނެފައިވަނީ ބައިނަލްއަޤްވާމީ ޕްރޮޖެކްޓެއްގެ ހިއްސާއަކަށް އޭނާވެސް ވެއްޖެ ކަމަށާ ވަރަށް އަވަހަށް އެ ސީރީޒް ދައްކަންފަށާނެ ކަމަށެވެ.
ބްލަންޓް އިސަބެލެން ޑައިރެކްޓްކޮށް ގެނެސްދޭ ”ކޮޔޯ ބަޔާޒް“ ދައްކާނީ ޓީއާރްޓީ ޑިޖިޓަލް އިންނެވެ. ޢަތީޤާގެ އިތުރުން މި ސީރީޒުގައި ޓީވީ ހޯސްޓް ތޯސީޤް ހަައިދަރް ވެސް ހަރަކާތްތެރިވެ އެވެ.
ޢަތީޤާ ހަރަކާތްތެރިވެފައިވާ މަޝްހޫރު ސީރީޒްތަކުގެ ތެރޭގައި ”ހަމްސަފަރް“، ”ސިތާރާ އޯރް މެހުރުއްނިސާ“ ފާހަގަކޮށްލެވެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 ޑިސެމްބަރ 2025ޚަބަރުމަޝްހޫރު ޑައިރެކްޓަރ ފައްތާހް ނިޔާވެއްޖެ
- 30 ޑިސެމްބަރ 2025ޚަބަރުމުނިއަވަސްގައި ކެމްޕޭން ޕޯސްޓަރާ ބެނާ އަދި އެޑްވަޓޯރިއަލް އާޓިކަލް ޖަހައިދޭން ފަށަނީ
- 30 ޑިސެމްބަރ 2025ޚަބަރުމާލީ އެހީތެރިކަމަށް ޝަރުޠުހަވަމީ 41 މީޑިއާ
- 29 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް އެނބުރި އައުން – ދެވަނަ ބައި




