ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރާނީގެ “މިސިޒް ޗެޓަރޖީ ވާސަސް ނޯރވޭ” ގެ ފަސްޓްލުކް ދައްކާލައިފި

ބޮލީވުޑްގެ ހުނަރުވެރި ބަޠަލާ ރާނީ މުކްރަޖީ އަނެއްކާވެސް ތަފާތު ފިލްމަކުން ފެނިގެންދާނެކަން ހާމަކޮށް، ފިލްމު “މިސިޒް ޗެޓަރޖީ ވާސަސް ނޯރވޭ” ގައި އޭނާ ފެނިގެންދާނެ ގޮތް ދައްކާލައިފި އެވެ. މީގެ އިތުރުން ފިލްމު ރިލީޒްކުރާނެ ތާރީޚްވެސް އާއްމުކޮށްފައިވެ އެވެ.

ޒީސްޓޫޑިއޯސްގެ ރަސްމީ އިންސްޓަގްރާމް ޕޭޖްގައި ރާނީގެ ފޮޓޯއެއް ހިއްސާކުރަމުން ލިޔެފައިވަނީ: “އަތުން ބީވެފައިވާ ދަރިއެއް އަނބުރާ ހޯދުމަށް މަންމައަކު ކުރި މަސައްކަތުގެ ސަބަބުން ޤައުމަކަށް ލޮޅުން އަރައިގެންދިޔަ ހަޤީޤީ ވާހަކައެއް ގެނެސްދޭނެ ފިލްމު “މިސިޒް ޗެޓަރޖީ ވާސަސް ނޯރވޭ” ސިނަމާތަކުގައި އަޅުވާނީ 03 މާރިޗް 2023ގައި ކަމަށެ”އެވެ.

މި ފިލްމުގައި ފެނިގެންދާނީ ނޯވޭގެ ބަޔަކު އެޓޮޕްކޮށްފައިވާ އިންޑިއާ އަންހެނެއްގެެ ދަރިއެއް އަލުން އަނބުރައި ހޯދުމަށް އެ އަންހެންމީހާ ކުރާ މަސައްކަތްތަކެއް ދައްކުވައިދޭ ހަޤީޤީ ވާހަކައެކެވެ.

ފިލްމު “މިސިޒް ޗެޓަރޖީ ވާސަސް ނޯރވޭ” ރިލީޒްކުރުމަށް އެންމެ ފުރަތަމަ ކަނޑައެޅި ތާރީޚަކީ މި އަހަރު މެއި މަހު 20ވަނަ ދުވަހަށެވެ. މި ފިލްމު ޑައިރެކްޓްކުރީ އަޝިމާ ޗިބާރ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top