ކްލަބްހައުސްގައި ”ބަދަހި މިތުރުން“ ގެ ނަމުގައި ހިންގާ ގްރޫޕުން ”ބަދަހި މިތުރުންގެ ހަދިޔާ“ ގެ ނަމުގައި ފޮތެއް ނެރެފިއެވެ.
”ބަދަހި މިތުރުން“ ގެ އަމިއްލަ އަދަބީ އުފެއްދުންތައް ހިމެނޭ މި ފޮތުގައި، ޅެން، ބަނދި، ލަވަ، މަދަޙަ އަދި ޑްރާމާގެ އިތުރުން ސަމާސާ އަދަބުގެ ލިޔުންތައް ހިމެނެއެވެ. ”ބަދަހި މިތުރުން“ ގެ އަހަރީ ދުވަހާއި ދިމާކޮށް 30 ޑިސެމްބަރު 2022 ވަނަ ދުވަހުގެ ރޭ ޝީ ބިލްޑިންގްގައި ”ބަދަހި މިތުރުންގެ ދަރުބާރު“ ގެ ނަމުގައި ބޭއްވި ބައްދަލުވުމުގައި ފޮތް ނެރެދެއްވީ ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި ދަރާ މުޙައްމަދު ރަޝީދު އާއި ކުޅަދާނަ ޝާޢިރު ކުޅުދުއްފުށީ ސިޓީ އާދަމް އިބްރާހީމެވެ.

ދަރާ މުޙައްމަދު ރަޝީދު އަދި އާދަމް އިބްރާހީމް ފޮތް ނެރެދެއްވަނީ
ރާއްޖޭގެ އެކި ކަންކޮޅުތަކުން ”ބަދަހި މިތުރުން“ ގެ ޓީމަށް ނިސްބަތްވާ ގިނަ އަދަދެއްގެ ބައިވެރިން މި ދަރުބާރުގައި ބައިވެރިވިއެވެ. އޭގެ އިތުރުން އެކި ސަބަބުތަކާއިހެދި ދަރުބާރަށް ހާޟިރު ނުވެވުނު ބައިވެރިން އޮންލައިންކޮށް ބައިވެރިވި މި ދަރުބާރުގައި މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއްވެސް ހުށަހަޅާފައިވެއެވެ.
މި ފޮތުގެ ޕްރިންޓް ކޮޕީއެއް ރާއްޖޭގެ ކޮންމެ ސްކޫލަކަށް ހަދިޔާ ކުރުމަށް މަސައްކަތްކުރަމުން ދާކަމަށް ”ބަދަހި މިތުރުން“ ގެ ފަރާތުން މަޢުލޫމާތު ދެއްވިއެވެ. މި ފޮތް ނެރުމަށް ސްޕޮންސަރ ދެއްވި ފަރާތްތަކަށާއި އެކި ގޮތްގޮތުން އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަމުން ބުނެފައިވަނީ ”ބަދަހި މިތުރުން“ ގެ ދެވަނަ އަހަރީ ދުވަހާ ދިމާކޮށް މީގެ ދެވަނަ ފޮތެއް ނެރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ. މި ދަރުބާރު ނިންމާލީ ދަރުބާރުގެ ބައިވެރިންނަށް ބޭއްވި ޚާއްސަ ޖާފަތަކުންނެވެ.

”ބަދަހި މިތުރުން“ ގެ ޓީމް
މި ފޮތުން ”ބަދަހި މިތުރުން“ ހިންގި އެކިއެކި ހަރަކާތްތަކުގެ ތަފްސީލާއި ”ބަދަހި މިތުރުން“ އާއި ގުޅޭނެ މަޢުލޫމާތު ލިބޭނެއެވެ. ތިރީގައިވާ ލިންކުން ފޮތް ބައްލަވައިލެވޭނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




