ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޓެޑް އަދި ފިލްމީ ފަންނާނުންގެ ސަޅި ތަމްސީލެއް – ވީޑިއޯ

ޒަމާނީ ވަޞީލަތްތައް ހިމަނައިގެން އޮލިމްޕަހުގެ އާބާތުރަފިލުވުމަށްފަހު އެތަން އަލުން ހުޅުވުމަށް ބޭއްވި ހަފުލާއަކީ ދިވެހި ފަންނާނުންގެ ހިތްގައިމު އުފެއްދުންތަކެއް ފެނިގެންދިޔަ ހަފުލާއެކެވެ. އެ ޒަމާނާއި މި ޒަމާނުގެ މިއުޒީޝަނުންނާއި ލަވަކިޔުންތެރިންގެ އިތުރުން އެ ޒަމާނާއި މި ޒަމާނުގެ ފިލްމީ ފަންނާނުންގެ ހިތްގައިމު ހުށައެޅުންތަކެއް ދައްކާލާފައިވެއެވެ. އެގޮތުން ދިވެހި ފިލްމީ ފަންނާނުން ގެނެސްދިން އިސްޓޭޖް ތަމްސީލަކީ އޮލިމްޕަހުގެ ވާހަކަތައް ގެނެސްދިން ތަމްސީލެކެވެ. އެތަނުގެ ތާރީޚް ކުރުކޮށް ފޮނިކޮށް ގެނެސްދިން މޮޅު އުފެއްދުމެކެވެ.

ކޮމެޑީ، މިއުޒިކް، އެ ޒަމާނުގެ ހެދުންއެޅުމާއި އާދަކާދަ ދައްކައިދޭ މި ތަމްސީލުގައި ދިވެހި ފިލްމީ ފަންނާނުންގެެ 50 ބޭފުޅުން ބައިވެރިވިއެވެ. މުޙައްމަދު ނިޔާޒް (ޓެޑްރީ) ޑައިރެކްޓްކޮށް ގެނެސްދިން މި ތަމްސީލުން ހީވެސްނުކުރާ ކަހަލަ މަންޒަރުތަކާއި ފަންނާނުން ފެެނިގެންދެއެވެ.

އިތުރު ވާހަކަތަކެއް ދެއްކުމުގެ ބޭނުމެއް ނެތެވެ. ވީޑިއޯ ބައްލަވާލައްވާށެވެ.

(4) Facebook

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top