ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސާޖިދުގެ ފިލްމަށް ސައުންދްރިޔާ

ޑައިރެކްޓަރު ސާޖިދުޚާންގެ ފިލްމަކުން މޮޑެލް އެކްޓްރެސް ސައުންދްރިޔާ ޝަރްމާ އަށް ފުރުޞަތުދީފި އެވެ.

ރިއަލިޓީ ޓީވީ ޝޯވ “ބިގް ބޮސް” ގެ 16 ވަނަ ސީޒަނުން މަޝްހޫރުކަން ހޯދި ސައުންދްރިޔާ އާއިއެކު “ބިގް ބޮސް” ގައިވެސް ވާދަކުރި ސާޖިދުގެ މި ފިލްމުން ސައުންދްރިޔާ ފެންނާނީ ޚާއްސަ ނެށުމަކުންނެވެ.

“ބިގް ބޮސް” ގައި ސައުންދްރިޔާއާއެކު ވަރަށް އެއްކޮށް އުޅުނު ސާޖިދު ވަނީ އޭނާއާއެކު މަސައްކަތް ކުރަން ބޭނުންވާކަމަށް ބިގް ބޮސް ގޭ ތެރޭގައިވެސް ބުނެފައެވެ. ސާޖިދު މިހާރު ވަނީ އެ ޝޯވއިން އެލިމިނޭޓްވެފައެވެ.

4 އަހަރުގެ ބޮޑު ބްރޭކަކަށްފަހު ސާޖިދު ޑައިރެކްޓުކުރާ މި ފިލްމުގެ ލީޑް ބަތަލާ އަކީ “ބިގް ބޮސް” 13 ގެ ތަރި ޝެހެނާޒް ގިލް ކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top