ކަލާސް ޓީވީން ދައްކަމުންދާ އިންޑިއާގެ އެންމެ މަގުބޫލު ޝޯވ ބިގްބޮސް 16ގެ ގަދަ ފަސް ބައިވެރިންނަކީ ޝިވް ޓާކްރޭ، އެމް.ސީ.ސްޓޭން، އަރްޗަނާ ގޯތަމް، ޝާލިން ބަނޯޓް އަދި ޕްރިއަންކާ ޗޯދްރީ އެވެ.
6 ވަނަ ބައިވެރިއެއްގެ ގޮތުގައި ބިސްބޮސްގެ ގެއިން އެންމެފަހުން ކަޓާފައި ވަނީ ނިމްރިތު ކޯރް އެވެ. ނިމްރިތު ކަޓާފައި ވަނީ ބިގްބޮސްގެ ގޭގައި ކުރިއަށް ގެންދިޔަ ޓާސްކެއްގެ ތެރެއިން، ބައިވެރިިވި އާންމުންގެ ވޯޓަށް ހުޅުވާލައިގެން، އެންމެ މަދުން ވޯޓު ލިބިގެންނެެވެ.
އެހެން އަހަރު ތަކުގެ ބިގްބޮސް ސީޒަން ތަކާ ހިލާފަށް މި އަހަރުގެ ބިގްބޮސް ބެލުންތެރިންގެ ތެރޭގައި މަގުބޫލުުވުމުގެ ސަބަބުން މިއަހަރުގެ ސީޒަން، ބިގްބޮސް 16 ވަނީ މުއްދަތު އިތުރުކޮށްފައެވެ.
މި ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ފިނާލޭ ޝޯވ އޮންނައިރު ބިގްބޮސް ކާމިޔާބު ކުރާނެ މީހަކު ހޮވުމަށް މިހާރު ވަނީ ބެލުންތެރިންގެ ވޯޓް ހުޅުވާލާފައެވެ.
