އިންޑިއާގައި މިހާރު ކުރިއަށްދާ 36 ވަނަ ސޫރަޖްކުންދު މޭލާ (ސޫރަޖްކުންދު މަހާސަމާ)ގައި ހިތްގައިމު ދިވެހި ސަގާފީ މިއުޒިކާއި ކުޅިވަރުތަކެއް ރާއްޖޭގެ މަޝްހޫރު ބޮޑުބެރު ގްރޫޕު “ހަބޭސް”އިން ހުށައަޅަމުން އެބަދެއެވެ.
މި މަހާސަމާގައި “ހަބޭސް” ބޮޑުބެރު ގްރޫޕުން ކޮންމެ ދުވަހަކު އައިޓަމްތައް ހުށައަޅަން ހަމަޖެހިފައެވެ. މިދިޔަ އަހަރު ބޭއްވި މި މަހާސަމާގައި ވެސް “ހަބޭސް”ގެ ހުނަރު ދައްކާލާފައިވެ އެވެ.
“ހަބޭސް” ގެ ޓީމުން އިންޑިއާގައި 13 ދުވަސް ހޭދަކުރާނެ އެވެ. މި ދަތުރުގެ ހުރިހާ ކަމެއް އެ ގްރޫޕުން ހަމަޖައްސާފައިވަނީ އެމީހުންގެ އަމިއްލަ ޚަރަދުގައެވެ. އޭގެ އިތުރުން ހެޔޮއެދޭ ބައެއް ފަރާތްތަކުގެ ދީލަތިއެހީތެރިކަން އެ ގްރޫޕަށް ލިބިފައިވެއެވެ.
އަމިއްލަ ބްރޭންޑް ފޭލި އަދި ސަގާފީ ގިނަ ހަރާތްތަކާއެކު ރާއްޖޭން ބޭރުގައި ގިނަ ޝޯތަކެއް ދެމުން އަންނަ “ހަބޭސް” އަކީ 11 އޯގަސްޓް 2011ގައި ވުޖޫދަށް ގެނައި ގްރޫޕެކެވެ. ގްރޫޕް ފެށިއިރު07 މެންބަރުން ތިބި ނަމަވެސް މިހާރު އެ ގްރޫޕްގައި 27 މެންބަރުން ހިމެނެއެވެ. އެ ގްރޫޕަކީ ރާއްޖޭގެ އެންމެ މަޝްހޫރު އަދި އެންމެ ބޮޑު ފޭން ބޭސްއެއް އޮތް ބޮޑުބެރު ގްރޫޕެވެ.



ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި