ދިވެހިންގެ އަމިއްލަ 16 ރާގަށް ކިޔާފައިވާ ޝައިހް އަލީ ޒައިދުގެ “ކައިވެނި” އަލްބަމް ރިލީޒްކޮށްފިއެވެ. މި އަލްބަމް ރިލީޒްކޮށްފައިވަނީ މިމަހު 18 ވަނަ ދުވަހުގެ ރޭ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އަލްބަމްގެ ހުރިހައި މަދަހަތައް ޔޫޓިއުބުން އަޑުއަހައިލެވޭނެ އެވެ.
”ކައިވެނި ރަސްމިއްޔާތުގައި މި އަލްބަމް ރިލީޒްކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރެވެ. ރޭގެ އެ ރަސްމިއްޔާތުގައި އެ އަލްބަމަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތައް ވަނީ ބައިވެރިވެފައެވެ.
“ކައިވެނި” މަދަހަ އަލްބަމަކީ މިހައިތަނަށް ރާއްޖޭގައި ނެރެފައިވާ މަދަހަ އަލްބަމްތަކާ ތަފާތު އަލްމަބެމެވެ. އަލްބަމުގައި ހިމެނޭ މަދަހަތައް އުފައްދާފައިވަނީ ތާރައިގެ ހިތްގައިމު ތާލުތައް ހިމަނައިގެންނެވެ. އަލްމަބް ކޮމްޕޯޒްކުރެއްވީވެސް ޝައިޚް ޢަލީ ޒައިދު އެވެ.
މި އަލްބަމުގައި ޢަލީ ޒައިދްގެ އިތުރުން، ޙުސައިން ޢަލީ، މުހައްމަދު ޢަބްދުލް ޣަނީ (ތޭރަ)، އިބްރާހިމް ޒައިދް އަލީ (ކުޑަ އިއްބެ) އަދި ޝަލަބީ އިބްރާހިމް ހިމެނޭހެން 12 ވޯކަލިސްޓުންގެ ހިތްގައިމު މަދަހަތަކެއް އިވިގެންދާނެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




