“ވިލެޖް ކުކިންގ ޗެނަލް” މިއީ އިންޑިއާއަށް ނިސްބަތްވާ ޔޫޓިއުބް ޗެނަލެކެވެ. “ވީސީސީ”ގެ ނަމުގައި އާއްމުން ދަންނަ މި ޗެނަލަކީ މިއަދާހަމައަށް އައިއިރު 20 މިލިޔަނަށް ވުރެން ގިނަ މީހުން ސަބްސްކްރައިބްކޮށްފައިވާ މަޤުބޫލު ޗެނަލެކެވެ.
“ވިލެޖް ކުކިންގ ޗެނަލް” މަޤުބޫލުވެފައި ވަނީ އެމީހުން ކެއްކުމަށް ބޭނުންކުރަނީ އަވަށްގަނޑުގައި ބަދިގެއެއް ބޭނުން ނުކޮށް ބޭރުތެރޭގައި ކައްކާގޮތަށް ކައްކާތީ ކަމަށް ބައެއް މީޑިއާތަކުން ބުނެފައިވެއެވެ.
މިއީ ތަމަޅަ ޔޫޓިއުބް ޗެނަލަކަށް ފުރަތަމަ ފަހަރަށް ‘ޑައިމަންޑް ކްރިއޭޓަރ އެވޯޑް’ ލިބިފައިވާ ޗެނަލްކަން ވެސް ފާހަގަކޮށްލެވެ އެވެ. އެމީހުންގެ ވީޑިއޯތައް ބަލާފައިވާ މީހުންގެ އަދަދު 80 މިލިޔަނަށްވުރެން ވެސް މަތީގައި އުޅޭކަން ފާހަގަކޮށްލެވެ އެވެ. މިގޮތުން ‘ވޯޓަރމެލަން ޖޫސް’ ވީޑިއޯއަކީ އެމީހުންގެ ވީޑިއޯތަކުން އެންމެ މަޤުބޫލުވި ވީޑިއޯ އެވެ. މިއަހަރުގެ މިއަދާ ހަމައަށް އައިއިރު، އެ ވީޑިއޯ ބަލާފައިވާ މީހުންގެ އަދަދު 176 މިލިޔަނަށް ވުރެން މަތީގައި ހުރިކަމަށް ރެކޯޑްތައް ދައްކައެވެ.
ފަސް ފިރިހެނުން ހިމެނޭ މި ގުރޫޕުން ތަފާތު ވައްތަރުގެ ކާނާ ތައްޔާރުކުރާ ވީޑިއޯތައް އާއްމުކޮށްފައިވެއެވެ. ކެއްކުމަށްފަހު ފަޤީރުންނަށް ކާންދިނުމަށް ކާނާ ބަހާތަންވެސް ބައެއް ވީޑިއޯތަކުން ފެނެއެވެ. ކެއްކުމުގައި ފިރިހެންވެރިން ނިކަން ވަދިކޮށް އުޅުނަސް، ބޮޑު މަޖާގަނޑެއްގެ ތެރޭގައި އުޅެމުން އެމީހުން ތައްޔާރުކޮށްލާ ކާބޯތަކެތި ވަރަށް މީރުކަމަށް ގިނަ ބަޔަކު ބުނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!