ބޮލީވުޑްގެ ހުނަރުވެރި ބަތަލް އަޖޭ ދޭވްގަންގެ ފިލްމު “މައިދާން”ގެ ޓީޒާ މިދިޔަ ހުކުރު ދުވަހު އާއްމުކޮށްފައިވާއިރު، އެ ޓީޒާއަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ. އެންމެ ދެ ދުވަސްތެރޭގައި 34 މިލިޔަނަށްވުރެން ގިނަ ވިއުޒް މި ޓީޒާއަށް ލިބިފައިވެއެވެ.
ބޯނީ ކަޕޫރް ޕްރޮޑިއުސްކޮށް، އަމިތު ޝަރުމާ ޑައިރެކްޓްކޮށްފައިވާ މި ސްޕޯޓްސް ބައޮގްރަފިކަލް ޑްރާމާއަކީ އިންޑިއާގެ ފުޓްބޯޅައިގެ ރަން ޒަމާން ދައްކުވައިދޭނެ ފިލްމެކެވެ. މި ފިލްމުގައި ކިޔައިދެނީ އިންޑިއާގެ މި ޒަމާނުގެ ފުޓްބޯޅައިގެ ބައްޕަ ސަޢީދު އަބްދުއްރަޙީމްގެ ޙަޔާތުނާމާއަށް ގެނެސްދޭ ވާހަކަތަކެކެވެ. އެގޮތުން އިންޑިއާގެ ފުޓްބޯޅައިގެ އެންމެ ރަންޒަމާނުގައި ވިދާލި ކޯޗު އަދި 1950 ވަނަ އަހަރުން ފެށިގެން 1963 ވަނަ އަހަރަށް އިންޑިއާ ގައުމީ ފުޓުބޯޅަ ޓީމު މެނޭޖު ކުރި ސައީދު އަބްދުއްރަހީމްގެ ވާހަކަތައް ދައްކައިދޭނެއެވެ.
ސަޢީދު އަބްދުއްރަޙީމްގެ ރޯލު އަޖޭ ކުޅެފައިވާ މި ފިލްމުގެ ކާސްޓްގައި ޕްރިޔަމަނީ، ގަޖްރާޖޯ ރާއޯ، ރުދުރަނިލް ގޯޝް އަދި އަރިއަން ބޯމިކް ހިމެނެ އެވެ. މީގެ އިތުރުން މި ފިލްމުގެ ވަރަށް ޚާއްސަ ފެނިލުމަކުން އަކްޝޭ ކުމާރު ވެސް ފެންނާނެ އެވެ.
މި ފިލްމާމެދު ބޯނީ ކަޕޫރް ބުނެފައިވާ ގޮތުގައި “މައިދާން” އަކީ މިހާތަނަށް އަޖޭގެ އެންމެ މޮޅު އެކްޓިންއެއް ފެނިގެންދާނެ ހުނަރުވެރި، ކާމިޔާބު އެކްޓަރުގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ފިލްމަށް ވާނެ ކަމަށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!