ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދިވެހިބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ސްކޫލުތަކުގައި

2023ވަނަ އަހަރުގެ ދިވެހިބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ އެކި އިސްކޫލުތަކުގައި ތަފާތު ހަރަކާތްތައް ބާއްވަމުން އެބަ ގެންދެއެވެ. އެ ގޮތުން ދުވަހާ ގުޅޭ ޚާއްޞަ އެސެންބްލީ ބޭއްވުމާއި ތަފާތު އަދަބީ ހަރަކާތްތައް ބޭއްވުމާއި ދުވަހާ ގުޅޭ ޝުއޫރު ފާޅުކުރުން ހިމެނެއެވެ.

މި އަހަރުގެ ދިވެހިބަހުގެ ދުވަހުގެ ޝިޢާރަކީ ”ދިވެހިބަހަށް ލޯތްބާއި އިސްކަން ދެމާ” މި ޝިޢާރެވެ.

މި ދުވަސް އިސްކޫލުތަކުގައި ފާހަގަކުރުމުގެ މަޤުޞަދަކީ ދިވެހިބަހާ މެދު ދަރިވަރުންގެ ހިތްތަކުގައި އޮންނަ ލޯތްބާއި ޤަދަރު އިތުރުކުރުމާއި ދިވެހިބަހާ މެދު މިހާރަށް ވުރެ ފުންކޮށް ވިސްނުމުގެ ފުރުޞަތު އެ ދަރިވަރުންނަށް ފަހިކޮށްދިނުމެވެ.

ދިވެހިބަހުގެ ދުވަސް ފާހަގަކުރުމަށް ސްކޫލަކަށް ކުރެވިދާނެ ކަންކަމުގެ ތެރޭގައި:

– ދިވެހިބަހުގެ ދުވަހާ ގުޅުވައިގެން ޚާއްސަ އެސެމްބްލީއެއް ބޭއްވުން

– ހަފުތާގެ ދިވެހި ގަޑިތަކުގައި “ދިވެހި ބަހުގެ މުހިންމުކަން،” މި ނަމުގެ މައްޗަށް ބިނާކޮށް ކިޔަވައިދިނުން

– ދުވަހުގެ މައުލޫމާތު ސްކޫލުތަކުގެ ނޯޓިސް ބޯޑުގައި ބެހެއްޓުން ހިމެނެއެވެ.

[responsive-slider id=45131]

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top